
ހަމަލިބުނީ ފާސްކުރީ! ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮމިޓީން ފާސްކޮށްފި
ހަމަލިބުނީ ފާސްކުރީ! ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮމިޓީން ފާސްކޮށްފި
ލިޔުން:
ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން އިގްތިސާދީ ކޮމިޓީއަށް ފޮނުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެއްވެސް ބަދަލެއް ނުގެނެސް، ކޮމިޓީން ބިލް ފާސްކޮށްފިއެވެ.
އިގްތިސޯދީ ކޮމިޓީން މިގޮތަށް ނިންމީ މިއަދު 11:30 ގައި ކުރިއަށް ގެންދިޔަ އެކޮމިޓީގެ ބައްދަލުވުމުގައެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅާފައިވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވާ ހާއްސަ ޖަލްސާގައި ވަނީ މި އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.
މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިޔަ މި ބަހުސްއަށް ފަހު މި ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމުން 77 މެންބަރުން ވަނީ ފެންނަކަމަށް ވޯޓު ދެއްވާފަ އެވެ. ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. މަޖިލީހަށް މި ބިލު ބަލައިގަތުމާއެކު މި ބިލު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ އިގްތިސޯދީ ކޮމިޓީއަށެވެ.
މި ބިލަކީ ސަރުކާރު ކުންފުނިތަކުގެ ހިންގުން އިތުރަށް ވަރުގަދަ ކުރެވޭނެ އިސްލާހެއްކަމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
