މާލެ: 31°C

އާރަށު މައްސަލާގައި ސްޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފާމެދު ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގައި އޮތް ރައީސް ޔާމީނުގެ މައްސަލަ މަޑުޖައްސާލައިފި

އާރަށު މައްސަލާގައި ސްޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފާމެދު ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގައި އޮތް ރައީސް ޔާމީނުގެ މައްސަލަ މަޑުޖައްސާލައިފި
September 16, 2024
3 ފަހަރު ބަލާފައި
އާރަށު މައްސަލާގައި ސްޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފާމެދު ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގައި އޮތް ރައީސް ޔާމީނުގެ މައްސަލަ މަޑުޖައްސާލައިފި
އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު ގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް މަޑުޖައްސާލުމަށް ކުރިމިނަލް ކޓުުން ނިންމައިފިއެވެ. ކުރިމިނަލް ކޯޓް ގައި މިއަދު ބޭއްވި އެ މައްސަލާގައި އޮތީ ޝަރީއަތުގެ ކުރިން ދެފަރާތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ. ނަމަވެސް އަޑުއެހުން ފެށުމުން ޔާމީންގެ ވަކީލުން ވަނީ މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމާ ގުޅިގެން ބައެއް ކަންކަން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ދިފާއީ ބައެއް ހެކިތައް ބަލައިނުގަތުމަށް ދައުލަތުން އެދިފައިވާއިރު، ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި، ދިފާއީ ހެކިތައް ނަފީކުރަން އާ ހެކި ހުށަހެޅުމާ ގުޅޭ ކަންކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ މިހާރު ސްޕްރީމް ކޯޓުން ބަލައިގެންފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެމައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތަކަށް މައްސަލަ ނިނިންމަނީސް ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ކުރިއަށް ނުގެންދިއުމަށް ޔާމީންގެ ވަކީލުން ވަނީ އެދިފައެވެ. ރައީސް ޔާނީމުގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ބަރުދަނެއް އެކުލެވިގެންވާކަމށް ދައުލަތުންވެސް ގަބޫލުކުރައްވާކަމަށް ދައުލަތުގެ ވަކީލު ބުނުމާއެކު ދެފަރާތުގެެ ހުށަހެޅުމާ އެއްގޮތައް ކުރިމިނަލް ކޯޓުގެ އަޑުއެހުންތައް ދެން ބާއްވާނީ ސްޕްރީމް ކޯޓުން އެކަމުގައި ގޮތެއް ނިންމެވުމުންކަމަށް އެ މައްސަލަ ބައްލަވާ ގާޟީ އަލީ ނަދީމް ވިދާޅުވެ މިއަދުގެ އަޑުއެހުން ވަނީ ނިންމަވާލައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ