ކެންސަރު ބަލީގެ ނުރައްކާ: 1500 އެއްހާ މީހުން ދަފުތަރުވެއްޖެ

ކެންސަރު ބަލީގެ ނުރައްކާ: 1500 އެއްހާ މީހުން ދަފުތަރުވެއްޖެ
ލިޔުން:
ރާއްޖޭގެ ކެންސަރ ރަޖިސްޓްރީގައި 1400 އަށް ވުރެ ގިނަ މީހުން ދަފްތަރުވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
މި ރަޖިސްޓްރީގައި ހިމެނިފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ބަލި މީހުންނެވެ. އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު މާލެ ސަރަހައްދުގައި ކެންސަރު ބަލި ފެތުރިފައިވާ މިންވަރު ވަޒަންކުރުން ކަމަށެވެ.
ރާއްޖޭގައި ކެންސަރުގެ ކޭސްތައް އިތުރުވަމުންދާއިރު، މީގެކުރިން އެފަދަ ޑޭޓާބޭސްއެއް އެކުލަވާލާފައި ނުވެެ އެވެ. އެހެންކަމުން، އެޗްޕީއޭއިން މިހާރު ދަނީ ކެންސަރުގެ ބަލިމީހުންގެ ރަޖިސްޓްރީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.
މި ރަޖިސްޓްރީ އެކުލަވާލުމުގެ މުހިންމުކަމާ ގުޅޭގޮތުން އެޗްޕީއޭއިން ބުނެފައިވަނީ، ކެންސަރުގެ ތަފާސް ހިސާބުތަކުން ރާއްޖޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތައް ހާމަވެ، ބަލީގެ ނުރައްކާތައް ދެނެގަނެވޭނެ ކަމަށެވެ. އަދި މި މަޢުލޫމާތުގެ އަލީގައި ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ވެސް ކެންސަރު ސްކްރީން ކުރުމާއި ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެންމެ ގިނައިން ކެންސަރު ކޭސް ފާހަގަކޮށްފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ހއ.، ހދ.، ށ، އަދި ރ. އަތޮޅުންނެވެ. އަދި ރާއްޖޭގައި މިވަގުތު އެންމެ ގިނައިން ފެންނަނީ އުރަމަތީ، ފުއްޕާމޭ، ލޭ، ތައިރޮއިޑް، އަދި އަނގައިގެ ކެންސަރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
