މާލެ: 31°C

އުލިގަމް ޔޮޓް މެރީނާ އަޅަން ހަ ފަރާތަކުން ޝައުގުވެރިވި، ޕްރޮޕޯސަލްތައް ދަނީ ދިރާސާކުރަމުން

އުލިގަމް ޔޮޓް މެރީނާ އަޅަން ހަ ފަރާތަކުން ޝައުގުވެރިވި، ޕްރޮޕޯސަލްތައް ދަނީ ދިރާސާކުރަމުން
September 16, 2024
2 ފަހަރު ބަލާފައި
އުލިގަމް ޔޮޓް މެރީނާ އަޅަން ހަ ފަރާތަކުން ޝައުގުވެރިވި، ޕްރޮޕޯސަލްތައް ދަނީ ދިރާސާކުރަމުން
ޖުމްލަ ހަ ފަރާތަކުން ހއ. އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީކުރަން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ. ސީއީއޯ މިގޮތަށް ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. މި އިންޓަވިއުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ އެމްޕީއެލް އިން ބޭނުންވަނީ އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމުގެ އިތުރުން ކްރޫޒް ޓާމިނަލްއަކާއި ހޮޓަލެއްވެސް އަޅާށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ވަޖީހު ވަނީ އެތަނުގައި ފަތުރުވެރިކަމުގެ ‘ކޮމްޕޯނެންޓް’ ހިމަނަން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ. އަދި މިތަން ގާތްގަނޑަކަަށް އަހަރެއް ތެރޭގައި ތަރައްގީ ކުރެވޭނެ ކަމަށް އޭނާ އަންދާޒާ ކުރައްވާފައި ވެއެވެ. މި މަޝްރޫއު ފެށޭނީ ކޮންޓްރެކްޓަރ ފައިނޭންސިން ސްކީމެއްގެ ދަށުން ނަމަވެސް، ޔޮޓް މެރީނާ ހިންގާނީ އެމްޕީއެލް އިން އަމިއްލައަށް ކަމަށް ވަޖީހު ވަނީ ޔަގީންކަން ދެއްވާފަ އެވެ. ވަޖީހު ވިދާޅުވީ މެރީނާ ތަރައްގީކުރަން ހުޅުވާލި ބިޑަށް ހުށަހެޅި ޕްރޮޕޯޒަލްތައް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިއަންނަ އަހަރު މެރީނާގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ