
މާލީ ދަތިކަމުން އަރައިގަތުމަށް އިންޑިއާއިން ރާއްޖެއަށް އެހީވާނެ
މާލީ ދަތިކަމުން އަރައިގަތުމަށް އިންޑިއާއިން ރާއްޖެއަށް އެހީވާނެ
ލިޔުން:
މާލީ ގޮންޖެހުންތަކަށް ލުއިދޭން އިންޑިއާއިން ރާއްޖެއަށް މާލީ އެހީވާން ތައްޔާރު ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ބުނެފިއެވެ.
މީޑިއާ އާ ވާހަކަ ދައްކަވަމުން އިންޑިއާގެ އޮފިޝަލަކު ވިދާޅުވީ ރިޒާވް ބޭންކް އޮފް އިންޑިއާގެ ކަރަންސީ ސްވޮޕް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެއަށް ވަގުތުން 400 މިލިއަން ޑޮލަރު ދެވިދާނެ ކަމަށެވެ. އަދި 2019 ވަނަ އަހަރުގައި ކުރީ ސަރުކާރުން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ވެސް އެހީ ހޯދިދާނެ ކަމަށް އިންޑިއާގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
މި އެހީއަށް ރާއްޖެ އިން ރަސްމީކޮށް އެދިފައިވާ ކަމަށް އަދި ޔަގީނެއް ނޫނެވެ. އިންޑިއާގެ އޮފިޝަލް އަދި ދިވެހި ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުންވެސް އެ ނޫހުން މިކަމާއި ގުޅިގެން ފޮނުވި މެއިލްތަކަށް ޖަވާބެއް ދީފައި ނުވެ އެވެ.
ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ރިޒާވް ކުރިއެރުވުމަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
