މާލެ: 31°C

ފޭސް2ގެ ސްޕޯޓްސް ކާރު އެކްސިޑެންޓް: ތިން މީހުންނަށް ދައުވާކުރަން ފޮނުވައިފި

ފޭސް2ގެ ސްޕޯޓްސް ކާރު އެކްސިޑެންޓް: ތިން މީހުންނަށް ދައުވާކުރަން ފޮނުވައިފި
September 14, 2024
2 ފަހަރު ބަލާފައި
ފޭސް2ގެ ސްޕޯޓްސް ކާރު އެކްސިޑެންޓް: ތިން މީހުންނަށް ދައުވާކުރަން ފޮނުވައިފި

ސްޕޯޓްސް ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

ފުލުހުން ބުނި ގޮތުގައި، މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ވިނަރެސް ފްލެޓްތައް ކައިރީގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން ހުރި މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެ މައްސަލާގައި ކާރު ދުއްވި މީހާ އާއި އެ ވަގުތު ކާރުގައި ތިބި އިތުރު ދެ މީހަކު ހައްޔަރުކުރި އެވެ.

ފުލުހުން ބުނީ އެ ތިން މީހުންނަށް ދައުވާކުރުމަށް ފޮނުވި މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ