އައްޑޫސިޓީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އިކޮނޮމިކް މިނިސްޓަރު ބައްދަލު ކުރައްވައިފި

އައްޑޫސިޓީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އިކޮނޮމިކް މިނިސްޓަރު ބައްދަލު ކުރައްވައިފި
ލިޔުން:
އައްޑޫސިޓީގައި ޙަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެެއްވުމުގައި އައްޑޫ ސިޓީ ހިމެނޭ ސަރަޙައްދުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާއި، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި އެކަންކަން ޙައްލު ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވިޔަފާރިވެރިންނާއެކު މަޝްވަރާ ކުރައްވައި ވިޔަފާރިވެރިންގެ އެކިއެކި ސުވާލުތަކަށް ވަޒީރުވަނީ ޖަވާބު ދެއްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދުގައި އެ ސަރަޙައްދުގެ ވިޔަފާރިވެރިންގެ ދައުރު ފުޅާކޮށް ކުރިއަރުންވަން ބޭނުންވާ ކަންތައްތައްވެސް ބައްދަލުވުމުގެ ބައިވެރިން ވަޒީރާ ޙިއްސާ ކުރެއްވިއެވެ.
މީގެއިތުރުން އައްޑޫ ސިޓީ ހިމެނޭ ސަރަޙައްދުގައި ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކާއި ކުރިއަށް އޮތްތަނުގައި ފެއްޓެވުމަށް ރާއްވަވާފައިވާ މަޝްރޫޢޫތަކާބެހޭ މަޢުލޫމާތުވެސް ވަޒީރު ޙިއްސާ ކުރެއްވިއެވެ. އަދި އެމަޝްރޫޢުތަށް އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގަވައި ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދުވެސް ވިޔަފާރިވެރިންނާއެކު މަޝްވަރާ ކުރެއްވިއެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ޤާނޫނީގޮތުން ހުރި ގޮންޖެހުންތައް ބައްލަވައި ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯއްދަވައި ދެއްވުމަށްޓަކައި ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުންވެސް ވިޔަފާރިވެރިން ވަނީ ވަޒީރާ މަޝްވަރާ ކުރައްވާފައެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވިޔަފާރިވެރިންނާ މުޚާޠަބު ކުރައްވައި ވަޒީރު ދެެއްކެވި ވާހަކަފުޅުގައި، ވިޔަފާރިވެރިންނަށް ހުރި ދަތިތައް ހައްލު ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކޮށްދެެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ސަރުކާރުން އެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ މަޝްރޫއުތައް ވެވަޑައިގެންނެވި އެންމެ އަވަހަކަށް ފަށްޓަވައި އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތް ފަހިކޮށްދެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމަށްވެސް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި މިނިސްޓަރ ސަޢީދުގެ އިތުރުން އެ ވުޒާރާގެ ބައެއް އިސްބޭފުޅުންނާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޟިޔާޢު މުޙައްމަދާއި ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިޙް އާދަމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޢިއްޒަތްރެރި މެންބަރު އިބްރާހީމް ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
