މާލެ: 31°C

ޗެކް ޕޮއިންޓަކުން ފުލުހެއްގެ ގައިގަ ސައިކަލުން ޖެއްސި މީހަކު ހައްޔަރު

ޗެކް ޕޮއިންޓަކުން ފުލުހެއްގެ ގައިގަ ސައިކަލުން ޖެއްސި މީހަކު ހައްޔަރު
September 12, 2024
2 ފަހަރު ބަލާފައި
ޗެކް ޕޮއިންޓަކުން ފުލުހެއްގެ ގައިގަ ސައިކަލުން ޖެއްސި މީހަކު ހައްޔަރު
މަޑުކުރަން އެންގުމުން މަޑުނުކޮށް ސައިކަލް ދުއްވާފައި ދަނިކޮށް ފުލުހެއްގެ ގައިގައި ޖެހުނު މައްސަލާގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ. ހިއްތަލަވިލާ އުމުރުން 23 އަހަރުގެ އާދަމް ޒިދާންއެވެ. 
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ރޭ ދަންވަރު ރަސްފަންނު ކައިރިން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާފައި ދަނިކޮށް މަޑުކުރަން އެންގުމުން މަޑުނުކޮށް ދާން އުޅުނު މައްސަލައިގައިކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލް މަޑުނުކޮށް ދާން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެހިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. މި މައްސަލާގައި އޭނާ ދުއްވި ސައިކަލް ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މީނާގެ ބަންދުގެ މުއްދަތަށް ގެންދިޔުމުން ފަސްދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން އަމުރުނެރެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ