މާލެ: 31°C

ސަރުކާރުން އުޅެނީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސްއަޅަން: އެމްޑީޕީ

ސަރުކާރުން އުޅެނީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސްއަޅަން: އެމްޑީޕީ
September 12, 2024
2 ފަހަރު ބަލާފައި
ސަރުކާރުން އުޅެނީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސްއަޅަން: އެމްޑީޕީ
މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ. އެމްޑީޕީން އެގޮތަށް ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް ބުނެ "އަދަދު ނޫހުން" ޝާއިއުކުރި ހަބަރާ ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ ނޫސްވެރިކަން ކުރުމާއި ހަބަރާއި މައުލޫމާތު ޝާއިއުކުރުމާއި އެ ހަބަރުތައް ފެތުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށެވެ. އެމްޑީޕީން ބުނީ އެ ހައްގުގެ ބޭނުން ހިފައި ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ގެނެސްދޭ ފަރާތްތަކަށް ބިރު ދެއްކުމަކީ ހުދުމުހުތާރު ވެރިކަމަކަށް ފަހިކުރުމަށް ކުރާ ކަމެއް ކަމަށެވެ ނޫސްވެރިކަމަށް ހުރަސް އެޅުން ހުއްޓާލައި ނޫސްވެރިންނަށް ބިރު ދެއްކުމަށް ކުރަމުންދާ އެންމެހާ ކަންކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ކުރެވޭނެ ފަދަ މާހައުލެއް ކަށަވަރު ކޮށްދިނުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ