މާލެ: 31°C

ބަލިމީހުންނަށް ކުރިން އެންގުމަކާ ނުލަައި ބެންގަލޫރުގެ އެޗްސީޖީ ކެންސަރު ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި

ބަލިމީހުންނަށް ކުރިން އެންގުމަކާ ނުލަައި ބެންގަލޫރުގެ އެޗްސީޖީ ކެންސަރު ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި
September 12, 2024
2 ފަހަރު ބަލާފައި
ބަލިމީހުންނަށް ކުރިން އެންގުމަކާ ނުލަައި ބެންގަލޫރުގެ އެޗްސީޖީ ކެންސަރު ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި

ބަލިމީހުންނަށް ކުރިން އެންގުމަކާ ނުލަައި ބެންގަލޫރުގެ އެޗްސީޖީ ކެންސަރު ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފިއެވެ

މިނިވަންއަށް އެނގިފައިވާ ގޮތުގައި ހޮސްޕިޓަލުން އާސަންދަ ކަނޑާލީ ފަސް ކްރޯޑް އިންޑިއަން ރުޕީސް އާސަންދައިން ނުދައްކާ އޮތުމުންނެވެ.

ޕޭމަންޓުން ބައެއް ދެއްކިއަސް އަލުން ޚިދުމަތް ދޭން ފަށާނެ ކަމަށް ހޮސްޕިޓަލުން ބުނި. އާސަންދަ ކަނޑާލިކަން އެނގުނީ ހޮސްޕިޓަލަށް ކީމޯ ދޭންދިޔަތަނާ އަމިއްލައަށް ފައިސާ ދައްކަން ޖެހުމުން،ކެންސަރު ބައްޔަށް އެހޮސްޕިޓަލުން މިވަގުތު ފަރުވާ ހޯދަމުން ގެންދާ ބާރަވަރަކަށް މީހުންގެ ތެރެއިންއެކަކުގެ އާއިލާއިން ބުންޏެވެ. “އަދިވެސް އާސަންދައިން އަހަރެމެންނަށް އެއްވެސް އެއްޗެއް ނާންގާ. ހޮސްޕިޓަލުން ބުނަނީ ޚިދުމަތްދޭނީ ފައިސާ ދެއްކީމައޭ. މިގޮތަށް ކުއްލިއަކަށް މަހަކު ދެތިން ހާސްޑޮލަރު އަމިއްލައަށް ދައްކައިގެން ފަރުވާ ހޯދުން ވަރަށް ބޮޑު ތަކުލީފަކަށްވާނެ.”

ހޮސްޕިޓަލުން ބުނިގޮތުގައި އާސަންދަ ޚިދުމަތް ހުއްޓާލަން ޖެހުނީ އެ ހޮސްޕިޓަލަށް އާސަންދައިން ނުދައްކާ ހުރި ފައިސާ ދެއްކޭނެ ދުވަހެއް، އަދި ދެއްކޭނެގޮތެއްވެސް ނޭނގޭ ކަމަށް އާސަންދަ ކުންފުނިން ބުނުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ