- އެގޮތުން ދުވެލީގެ މިންގަނޑާ ޚިލާފަށް 2 ފަހަރަށްވުރެ ގިނަފަހަރު ދުއްވުމުގެ ސަބަބުން ހިފަހައްޓާފައިވާ އުޅަނދެއްނަމަ، އެ އުޅަނދެއް ދޫކުރާނީ ހިފަހައްޓާތާ 15 ދުވަސް ހަމަވުމުން
- ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފަހައްޓާފައިވާ ވެހިކަލެއްނަމަ އެ އުޅަނދެއް ދޫކުރާނީ ހިފަހައްޓާތާ 30 ދުވަސް ހަމަވުމުން
- ލައިސަންސް އޮވެގެން ދުއްވަންޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވުމުގެ ސަބަބުން އެ އުޅަނދެއް ދޫކުރާނީ ހިފަހައްޓާތާ 15 ދުވަސް ހަމަވުމުން
- ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އެއްގަމު އުޅަނދު ޕާކުކޮށްފައި އޮތް ތަނަކުން ނަގައިގެން ދިވެހި ފުލުހުންގެ ޙިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދެއްނަމަ، އެ އުޅަނދެއް ދޫކުރާނީ އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތުން ފެށިގެން 48 ގަޑިއިރު ހަމަވުމުން
- އުޅަނދުގެ އަސްލު ގެއްލޭގޮތަށް ބަދަލުގެނެސްގެން ދުއްވާ އުޅަނދެއް، އެކަމެއް ރަނގަޅުކުރުމަށް އެއުޅަނދުގެ ވެރިފަރާތައް އަންގާ އެންގުމާ އެއްގޮތައް އަމަލުނުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ވެހިކަލެއްނަމަ އެ އުޅަނދެއް ދޫކުރާނީ 15 ދުވަސް ތެރޭގައި އެ އުޅަނދަކަށް ގެނެސްފައިވާ ބަދަލު ރަނގަޅު ކުރުމުން
- މިނިސްޓްރީން އުޅަނދަށް ދީފައިވާ ރަޖިސްޓަރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ބޭނުންކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އުޅަނދެއްނަމަ އެ އުޅަނދެއް ދޫކުރާނީ ހިފަހައްޓާތާ 15 ދުވަސް ހަމަވުމުން
- މިނިސްޓްރީން ނުވަތަ މިނިސްޓަރީން ކަނޑައަޅާ ގޮތެއްގެ މަތިން ރަޖިސްޓަރީކުރާ އެއްގަމު އުޅަނދެއްނަމަ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކާ ޚިލާފަށް ރަޖިސްޓަރީ ހަރުކޮށްގެން ދުއްވާފައިވާ އުޅަނދެއް ހިފަހައްޓައިފިނަމަ އެކަމުގައި ޖިނާއީ ތަހުގީގެއް ހިމެނޭނަމަ ޖިނާއީ ތަހުގީގު ނިމެންދެން ނުވަތަ ޖިނާއީ ތަހުގީގެއް ކުރަން ނުޖެހޭ ނަމަ އެ އުޅަނދެއް ދޫކުރާނީ ހިފަހައްޓާތާ 30 ދުވަސް ހަމަވުމުން
- މިނިސްޓަރީން ނުވަތަ މިނިސްޓަރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ނެތި އެއްގަމު އުޅަނދެއްގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރ ބަދަލުކޮށްގެން ދުއްވައިގެން ހިފަހައްޓާ އުޅަނދެއްނަމަ އެކަމުގެ ޖިނާއީ ތަހުގީގު ނިންމާތާ 7 ދުވަސް ފަހުން
- މޮޑިފައިކޮށްގެން ސައިލަންސަރާއި ބަރުގޮނު އަޑުގަދަކޮށްްގެން އާމުންނަށް އުނދާގޫވާގޮތަށް ދުއްވައިގެން ހިފަހައްޓާ އުޅަނދެއްނަމަ ގެނެސްފައިވާ މޮޑިފިކޭޝަން ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލުމަށްފަހު އެ އުޅަނދެއް ދޫކުރާނީ ހިފަހައްޓާތާ 30 ދުވަސް ހަމަވުމުން
- އެކްސިޓެންޓަކާ ގުޅިގެން ހިފައްޓާ އުޅަނދެއްނަމަ އެ އުޅަނދެއް ދޫކުރާނީ އެ މައްސަލައިގެ ތަހުގީގު ނިމޭތާ 7 ދުވަސް ފަހުން
އުނދަގޫވާގޮތައް ބަރުގޮނާއި ޝައިލަންސަރަށް ބަދަލު ގެނެސްފައި ހުންނަ އުޅަނދު، ދެން ދޫކުރާނީ ފުލުހުންގެ ބެލުމުގެ ދަށުން މޮޑިފިކޭޝަން ނައްތާލުމަށްފަހު

އުނދަގޫވާގޮތައް ބަރުގޮނާއި ޝައިލަންސަރަށް ބަދަލު ގެނެސްފައި ހުންނަ އުޅަނދު، ދެން ދޫކުރާނީ ފުލުހުންގެ ބެލުމުގެ ދަށުން މޮޑިފިކޭޝަން ނައްތާލުމަށްފަހު
ލިޔުން:
ޤާނޫނު ނަންބަރ 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދު ނަންބަރ 145-ރ/2012 އަށް އިސްލާހު ގެނެސް އިއްޔެ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކުރި ޤަވާއިދު ނަންބަރ 82-ރ/2024 ގެ ދަށުން ބަރުގޮނާއި ސައިލަންސަރު މޮޑިފައިކޮށްގެން އާމުންނަށް އުނދަގޫވާގޮތައް ދުއްވާ ވެހިކަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދެން ދޫކުރާނީ ފުލުހުންގެ ބެލުމުގެ ދަށަށުން އެ މޮޑިފިކޭޝަންތައް ނައްތާލުމަށްފަހު ވެހިކަލް ފުލުހުން ގެންދާތާ 30 ދުވަސް ފަހުންނެވެ.
އިޔެ ގެޒެޓް ކޮށްްފައިވާ ޤަވާއިދު ގައި އެކި އެކި މައްސަލަ ތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ވެހިކަލް ތައް ދޫކުރެވޭނެ އެއްމެ ކުރު މުއްދަތުތަކެއް ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
