މާލެ: 31°C

ބްރިޖް ޕެޓްރޯލްކުރުން އިތުރަށް ހަރުދަނާ ކުރަނީ، ސައިކަލްވެސް ބޭނުންކުރާނެ

ބްރިޖް ޕެޓްރޯލްކުރުން އިތުރަށް ހަރުދަނާ ކުރަނީ، ސައިކަލްވެސް ބޭނުންކުރާނެ
September 11, 2024
2 ފަހަރު ބަލާފައި
ބްރިޖް ޕެޓްރޯލްކުރުން އިތުރަށް ހަރުދަނާ ކުރަނީ، ސައިކަލްވެސް ބޭނުންކުރާނެ

ސިނަމާލެ ބްރިޖު ޕެޓްރޯލްކުރަން މި ހަފުތާ ތެރޭގައި ސައިކަލު ބޭނުންކުރަން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.

 ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލުތުފީ ވިދާޅުވީ ބްރިޖުގައި ޕެޓްރޯލުކުރުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން މިހަފުތާ ނިމުމުގެ ކުރިން ޕެޓްރޯލްކުރަން ސައިކަލު ބޭނުން ކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖު ޕެޓްރޯލްކުރަން މިހާރު ފުލުހުން ބޭނުންކުރަނީ ކާރެވެ. ބްރިޖު ޕެޓްރޯލްކުރަން ސައިކަލު ބޭނުންކުރަން ފެށުމުން ފަސޭހަތަކެއް ލިބޭނެކަން ފާހަގަކުރައްވާ ލުތުފީ ވިދާޅުވީ ބްރިޖު އަރިމަތީގައި މަޑުކޮށްގެން ފޯނުކުރުން ފަދަ ކަންކަމުގައި ތިބޭ މީހުން ފޮނުވާލަން ފަސޭހަވެގެންދާނެ ކަމަށެވެ. ބްރިޖު ޕެޓްރޯލްކުރަން ސައިކަލު ބޭނުންކުރަން ފަށަން ފުލުހުން ނިންމާފައިވާއިރު މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވުމާއެކު ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ވަނީ ނިކުމެފަ އެވެ. އެ ގޮތުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ