މާލެ: 31°C

ޕްރޮސެކިއުޓާ ޖެނެރަލް ގެ މަޤާމަށް އައްބާސް ޝަރީފުގެ ނަން ފޮނުވަނީ

ޕްރޮސެކިއުޓާ ޖެނެރަލް ގެ މަޤާމަށް އައްބާސް ޝަރީފުގެ ނަން ފޮނުވަނީ
September 11, 2024
2 ފަހަރު ބަލާފައި
ޕްރޮސެކިއުޓާ ޖެނެރަލް ގެ މަޤާމަށް އައްބާސް ޝަރީފުގެ ނަން ފޮނުވަނީ
 ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ މަގާމަށް އައްބާސް ޝަރީފްގެ ނަން ފޮނުވަން ނިންމާފައިވާކަމުގެ އަޑުތައް ފެތުރެން ފަށއިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޝަމީމްގެ މައްޗަށް އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން އެމަގާމު ހުސްވެފައިވާތީ އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ މެންދުރާ ހަމައަށް ވަނީ ހުޅުވާ ލާފައެވެ. ޕީޖީކަމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި މިރޭ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މިހާރުވަނީ ތާވަލްކޮށްފައެވެ. އެމަގާމަށް ކުރިމަތި ލެއްވިކަމަށް މިހާތަނަށް އަޑުތައް ފެތުރިފައިވަނީ ކުރީގެ ކުރިމިނަލް ކޯޓުގެ ގާޒީ ހައިލަމް އާއި ހައިކޯޓުގެ ފަނޑިޠާރުކަން ކުރައްވާފައިވާ އައްބާސް ޝަރީފް އެވެ. އައްބާސް ޝަރީފް މިވަގު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ސެކެރެޓަރީ ޓް ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލިމަންޓްރީ އެފެއާޒް ގެ މަގާމުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ