
މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާ އަތުގައި ދެ ޕާސްޕޯޓް، ބަންދުގެ މުއްދަތު 10 ދުވަހަށް
މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާ އަތުގައި ދެ ޕާސްޕޯޓް، ބަންދުގެ މުއްދަތު 10 ދުވަހަށް
ލިޔުން:
މިދިޔަ ހަފްތާގެ ބުދަ ދުވަހު މަނީ ލޯންޑަރިންގެ ތުހުމަތުގައި ގިނަ އަދަދެއްގެ ޑޮލަރުތަކަކާއެކު ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކުރި ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރި ރަގޫބް ނިސްތާރު ހަލީމް ރަހުމާން (27އ) ގެ އަތުން ދެ ޕާސްޕޯޓުވެސް ފެނިފައިވެ އެވެ.
ރަގޫބްގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ 5 ދުވަހެވެ. އެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިއްޔެ ވަނީ އިތުރުކޮށްފަ އެވެ.
ކޯޓު އަމުރުން އެނގޭ ގޮތުން ބަންދު އިތުރުކޮށްފައިވަނީ އޭނާގެ ޓްރެވަލް ހިސްޓަރީއަށް ބަލާއިރު ޝައްކުވާ ފަދަ އަމަލުތަކެއް ހުރި ކަމަށް ފެންނާތީ އެވެ.
ރަގޫބަށް ތުހުމަތުކުރެވޭ މަނީ ލޯންޑާކުރުމުގެ ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ. އޭނާގެ ވަކީލު ކޯޓުގައި ބުނީ އެ ފައިސާ ލިބުނު ގޮތް ފޯނުގައި ހުންނާނެ ކަމަށާއި އެކަމުގެ ތަފްސީލުތައް ބަޔާން ނަގާއިރު އެކަން ހާމަކޮށްދޭނެ ކަމަށެވެ.
ރަގޫބްގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު މައްސަލައަކަށްވުމުގެ އިތުރުން އޭނާއަށް އެ ފައިސާ ލިބިފައިވާ ގޮތް ފުލުހުންނަށް ސާފު ކޮށްދެވިފައިނުވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
