ޝިއުނާ އާއި މަލްޝާ މަގާމުން އިސްތިއުފާދެއްވާފައިވާކަން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން, ހީނާ ވަލީދު "ދެން" އަށް ކަށަވަރުކޮށްދީފައިވެ އެވެ.

ޝިއުނާއާއި މަލްޝާ އިސްތިއުފާ ދީފި
ޝިއުނާއާއި މަލްޝާ އިސްތިއުފާ ދީފި
ލިޔުން:
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން, މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް މަގާމުން އިސްތިއުފާ ދީފި އެވެ.
އެ ދެ ޑެޕިއުޓީ މިނިސްޓަރުން މަގާމުން އިސްތިއުފާދެއްވާފައިވަނީ އިންޑިއާއަށް ކުޑައިމީސް ވާގޮތަށް ޕޯސްޓް ކުރި މައްސަލާގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސަސްޕެންޑްކޮށްފައި ތިއްބަ އެވެ.
އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ލަކްޝަދީބުގެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރީތިކަމާއި އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ މެހެމާންދާރީ އަށް ތައުރީފުކުރައްވާފަ އެވެ.
އެއަށް އިންޑިއާގެ މީހަކު ކުރި ރީޕޯސްޓެއްގައި ބުނެފައިވަނީ އެކަމުގެ ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުން އެކަށީގެންވާ ކަމަށެވެ.
އެއަށް ރައްދުދެއްވައި ޝިއުނާއާއި މަލްޝާ ހިމެނޭހެން އެ މިނިސްޓްރީގެ އެހެން ޑެޕިއުޓީ މިނިސްޓަރަކު އަބްދުﷲ މަހްޒޫމް މާޖިދު ވަނީ މޯދީއަށް ކުޑަމީސްކޮށް ލިޔެފަ އެވެ. ގިނަ ބައެއްގެ ނުރުހުން އަމާޒުވެ އެ މީހުން ސަސްޕެންޑްކުރި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
