
ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކުކުރާނެ ބިމެއް
ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކުކުރާނެ ބިމެއް
ލިޔުން:
ހުޅުމާލެ ސަހަރާ ކުރިމަތީ އޮންނަ ބިން ޕާކިންއަށް ހާއްސަކުރަން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރިން ބުނީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމާއި ޕާކިންގގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެ މިނިސްޓްރީއާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކުން ކެނޑިނޭޅި މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން ހުޅުމާލޭގައި ޓެކްސީތަކާއި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކުރެވިފައިވާ ވަގުތީ ސަރަހައްދެއް މިއަދު ކަނޑައަޅާފައިވާ ކަަމަށް މިނިސްޓްރީން ބުނެ އެވެ.
އަދި އެ އާ ޕާކިން ސަރަހައްދު ބޭނުންކުރުމަށް މި ހަފުތާގެ ތެރޭގައި އާންމުކޮށް ހުޅުވާލެވިގެން ދާނެކަމަށް ވެސް ބުނެއެވެ.
ޕާކިންއަށް ވަގުތީ ގޮތުން ހާއްސަ ކުރަނީ 50،000 އަކަފޫޓުގެ ސަރަހައްދެއް ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށް ހަތަރު ހާސް އުޅަނދު ޕާކު ކުރެވޭ ވަރަށް ހުޅުމާލޭގައި 15 ޕާކިން އިމާރާތް އަޅަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
