މާލެ: 31°C

އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ކުރުމަށް 200 ހެކްޓަރ ގެ ބިން ހިއްކަން ފަށަނީ

އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ކުރުމަށް 200 ހެކްޓަރ ގެ ބިން ހިއްކަން ފަށަނީ
September 9, 2024
2 ފަހަރު ބަލާފައި
އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ކުރުމަށް 200 ހެކްޓަރ ގެ ބިން ހިއްކަން ފަށަނީ
އުތުރު ތިލަފަޅުގައި 200 ހެކްޓަރުގެ އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ހެދުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެގްރިކަލްޗަރ މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ. ރޭ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އުތުރު ތިލަފަޅުގައި 200 ހެކްޓަރުގެ އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ހެދުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އެގޮތުން މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމްލައިން ތައްޔާރުކުރެވި ބިން ހިއްކުމަށްޓަކައި އީއައިއޭ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އުތުރު ތިލަފަޅުގައި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ޕްރޮގްރާމަކީ 2 ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދެވުމަށް ހަމަޖެހިވާ ޕްރޮގްރާމެއްކަމަށާއި، އެގޮތުން ފުރަތަމަ މަސައްކަތްކަތް ފެށުމަށް ހަމަޖެހިފައިވަނި 100 ހެކްޓަރ ބިމުގައި ގްރީން ހައުސް ދަނޑުވެރިކަން ކަމަށާއި އެއަށްފަހު އަނެއް 100 ހެކްޓަރ ގައި ބިމުގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ހެއްދުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި ގްރީން ހައުސް ގައި ހެއްދުމަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި ހެއްދިދާނެ ބާވަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން އެތެރެކުރާ ދަނޑުވެރިކަމުގެ ބާވަތް ތަކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ