
ބަންދުކުރި 571 ޓެލެގްރާމް ޗެނަލްގެ ތެރެއިން 43 ޗެނަލަކީ ކުޑަކުދިންގެ ބަރަހާނާ ބަރަހާނާ ފޮޓޯ އާއި ވީޑިއޯގެ ވިޔާފާރިއަށް ހާއްސަ ޗެނަލްތައް: ފުލުހުން
ބަންދުކުރި 571 ޓެލެގްރާމް ޗެނަލްގެ ތެރެއިން 43 ޗެނަލަކީ ކުޑަކުދިންގެ ބަރަހާނާ ބަރަހާނާ ފޮޓޯ އާއި ވީޑިއޯގެ ވިޔާފާރިއަށް ހާއްސަ ޗެނަލްތައް: ފުލުހުން
ލިޔުން:
ބަރަހާނާ ފޮޓޯ އާއި ވީޑިއޯގެ ވިޔާފާރި ހިންގާ މައްސަލާގައި ފުލުހުން ބަންދުކުރި 571 ޓެލެގްރާމް ޗެނަލްގެ ތެރެއިން 43 ޗެނަލަކީ ކުޑަކުދިންގެ ބަރަހާނާ ބަރަހާނާ ފޮޓޯ އާއި ވީޑިއޯގެ ވިޔާފާރިއަށް ހާއްސަ ޗެނަލްތައް ކަމަށް ފުލުހުން ބުނެފިއެވެ.
ޓެލެގްރާމް ޗެނަލް ހަދައިގެން ދިވެހިންގެ ބަރަހާނާ ފޮޓޯއާއި ވީޑިއޯ ގެ ވިޔާފާރިކުރާ 3 މީހުންގެ މައުލޫމާތު އާއްމުކޮސް ފުލުހުން މިއަދު އާއްމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާކަމަށާއި، އެ ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.
އަދި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ވެސް ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި ވަކިން ހާއްސަކޮށް ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާކަމަށްވެސ ބުނެފައިވެއެވެ.
މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާކަމަށާއި، އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާކަމަށް ބުނެފައިވެއެވެ.
އަދި ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތާއެކު ފުލުހުންވަނީ އެ ގޮތަށް މީސްމިޑިއާގައި ފޮޓޯއާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކޮށްދެއްވުން އެދިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
