
ޗެކް ޕޮއިންޓްތައް ހަދާ، ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓްރެފިކް ބެލެހެއްޓުން ވަރުގަދަކޮށްފި
ޗެކް ޕޮއިންޓްތައް ހަދާ، ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓްރެފިކް ބެލެހެއްޓުން ވަރުގަދަކޮށްފި
ލިޔުން:
މާލެއާއި ހުޅުމާލޭގައި ވެހިކަލް ޗެކްޕޮއިންޓުތަކެއް ގާއިމުކޮށް ފުލުހުންގެ ޓްރެފިކް ބެލެހެއްޓުން ފުޅާކޮށްފި އެވެ.
މިއީ ހުޅުމާލޭގައި ޖެހިޖެހިގެން ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައި އެއިން އެކްސިޑެންޓެއްގައި މީހަކު މަރުވެފައއިވަނިކޮށް ޓްރެފިކްގެ ކަންކަން ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަންކަމުގެ ތެރެއިން އެއް ކަމެވެ.
ފުލުހުން ބުނީ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަމައެއާއެކު، ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން ގެންދާ ކަމަށް ބުންޏެވެ.
އުޅަނދު ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ އެންމެހާ ކަންކަން ފުރިހަމަކަން ޔަގީން ކުރަން ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅިގެން، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާ ބޮޑުވެގެން ދިޔަ ދަނޑިވަޅު ސަރުކާރުން އަށް ކަމެއް ތަންފީޒު ކުރުމަށް ނިންމި އެވެ. އެ ކަންކަމަކީ:
1. ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން.
2. ރޭސިން އަދި ޑްރިފްޓިން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުން ކުރުމަށް 19 އޮކްޓޯބަރު 2023 ގައި އެޗްޑީސީން ދީފައިވާ ހުއްދަ ބާތިލު ކުރުން.
3. ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސް އާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން
4. ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން.
5. އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން.
6. ހުޅުމާލެ މަގުމަތި ތަރުތީބު ކުރުމަށް ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.
7. ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތައާރަފް ކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުން.
8. މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ހިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
