
ކުޑަކުއްޖަކާއެކު ޖިންސީގުޅުން ހިންގި މީހަކު ޖަލަށް
ކުޑަކުއްޖަކާއެކު ޖިންސީގުޅުން ހިންގި މީހަކު ޖަލަށް
ލިޔުން:
ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި މި މަހުގެ 3 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ރ. މާކުރަތު, އިމޭޖު, މުހައްމަދު ދާއޫދުގެ މައްޗަށެވެ.
އޭނާގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއާއި ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އުފުލީ 2021 ވަނަ އަހަރެވެ.
އެކަމަކު ފޯނުގައި އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯއާ ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ ކޮށްފައިވާ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ މުހައްމަދުގެ މައްޗަށް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
އޭނާ 12 އަހަރަށް ޖަލަށް ހުކުމްކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މައްސަލައިގެ މުޅި ރިޕޯޓު ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ޝާއިއުކޮށްފައެއް ނުވެ އެވެ. އަދި ކުޑަކުދިންގެ ޖިނާއީ މައްސަލަތަކުގައި ތަފުސީލާ ކުއްޖާގެ ވަނަވަރު ހާމަކުރުން ގާނޫނުގައި މަނާކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
