މާލެ: 31°C

މަހަކު 200އަށްވުރެ ގިނަ އެކްސިޑެންޓް

މަހަކު 200އަށްވުރެ ގިނަ އެކްސިޑެންޓް
September 8, 2024
2 ފަހަރު ބަލާފައި
މަހަކު 200އަށްވުރެ ގިނަ އެކްސިޑެންޓް
މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކޮންމެ މަހަކު މަގުމަތީގެ 200 އަށް ވުރެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދަައްކައިފި އެވެ. ފުލުހުންގެ ވެބްސައިޓުގައި ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓުގެ ނިޔަލަށް ޖުމްލަ 1907 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މާޗު މަހު އެވެ. އެ މަހު އެކަނި 301 އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.

މި އަހަރުގެ އެކްސިޑެންޓްތަކުގެ އަދަދު:

  • ޖެނުއަރީ: 263
  • ފެބުރުއަރީ: 267
  • އޭޕްރީލް: 221
  • މޭ: 226
  • ޖޫން: 215
  • ޖުލައި: 210
  • އޮގަސްޓް: 204
މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 1476 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތާ އަޅާބަލާ އެކްސިޑެންޓުގެ އަދަދު 431 އަށް ވަނީ އިތުރުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ