
ސްޕޯޓްސް ކާރަކުން ޖެހި ޒުވާނަކު މަރުވި ހާދިސާ: ކާރުދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދު
ސްޕޯޓްސް ކާރަކުން ޖެހި ޒުވާނަކު މަރުވި ހާދިސާ: ކާރުދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދު
ލިޔުން:
ނުރައްކާތެރި އެކްސިޑެންޓުގައި ޒުވާނަކު މަރުވެފައިވާއިރު އެކްސިޑެންޓުވި ސްޕޯޓްސް ކާރު ދުއްވަން އިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެ ކާރު ދުއްވަން އިނީ އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިއްދީގެވެ.
ފުލުހުން ބުނީ އޭނާގެ މައްސަލައާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ރޭ ހިނގި އެކްސިޑެންޓްގައި ނިޔާވީ ލ. އިސްދޫއަށް ނިސްބަތްވާ ކަރެކްޝަންސްގެ އޮފިސަރު އުމުރުން 23 އަހަރުގެ ހަސަން ސަމާހު އެވެ.
އެކްސިޑެންޓުގައި ސަމާހަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އެގޮތުން އޭނާގެ ބޮލަށާއި މޫނަށް އަނިޔާވިއިރު، ގިނަ އަދަދަކަށް ލޭ ވެސް ހަށިގަނޑުން ބޭރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި އެކްސިޑެންޓް ހިނގުމާ އެކު ސަމާހަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
