މާލެ: 31°C

ފުޅާ ދާއިރާއެއްގާއި ކަޅު ބާޒާރުގައި ޑޮލަރު ގަނެގިއްކާ ފަސް ބިދޭސީއަކު އަތުލައިގެންފި

ފުޅާ ދާއިރާއެއްގާއި ކަޅު ބާޒާރުގައި ޑޮލަރު ގަނެގިއްކާ ފަސް ބިދޭސީއަކު އަތުލައިގެންފި
September 6, 2024
2 ފަހަރު ބަލާފައި
ފުޅާ ދާއިރާއެއްގާއި ކަޅު ބާޒާރުގައި ޑޮލަރު ގަނެގިއްކާ ފަސް ބިދޭސީއަކު އަތުލައިގެންފި
ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކި  ބިދޭސީންތަކެއް އަތުލައިގެންފި އެވެ. އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިއަދު ހާއްސަ ރެއިޑެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އެ ރެއިޑުން ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ވެސް ފެނުނު ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށާއި އަދި އެއާ ގުޅޭ  އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ބްލެކް މާކެޓްގައި ޑޮލަރު ވިއްކާ ބިދޭސީންތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވެސް އަތުލައިގަތެވެ. އޭރު އިމިގްރޭޝަނުން ބުނީ އެ މީހުން ޑީޕޯޓްކުރާނެ ކަމަށެވެ. ކަރަންސީ އެކްސްޗޭންޖުގެ ހިދުމަތް ދޭ ތަންތަނުގެ ކުރިމަތީ މަގުމަތީގައި ހާއްސަކޮށް ސަލްމާން މިސްކިތް ކައިރިން ބޮޑު ތަކުރުފާނު މަގުގައި ޑޮލަރު ގަތުމުގެ ވިއްކުމާއި ގަތުމުގައި ވަރަށް ގިނައިން ބިދޭސީން ހަރަކާތްތެރިވަމުންދާތަން ފެނެއެވެ. ބްލެކް މާކެޓްގައި ގިނަ އަދަދަކަށް ޑޮލަރު ވިއްކަމުންދާ އިރު އެ މާކެޓްގައި މިހާރު ޑޮލަރެއްގެ އަގު ރުފިޔާއިން  އުޅެނީ 18އިންމަތީގަ އެވެ،

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ