މާލެ: 31°C

އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރި ދެމީހުން ކޯޓުން ދޫކޮށްލައިފި

އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރި ދެމީހުން ކޯޓުން ދޫކޮށްލައިފި
September 5, 2024
2 ފަހަރު ބަލާފައި
އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރި ދެމީހުން ކޯޓުން ދޫކޮށްލައިފި
ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ އެ ސަފީރުންގެ އާއިލާތަކަށް އުދަނގޫކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ އަންހެނުން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލުމަށް ގާޒީ އަމުރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ރަތަފަންދޫ، ލިލީގެ ޑރ ޝަޒްރާ އިބްރާހިމް (36އ) އާއި މ. ބަޑިކުޅިމާގެ، އައިޝަތު ޝާދިޔާ(47އ) އެވެ. އެ ދެ މީހުންނަކީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ގަތުލުއާމަ ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އުޅޭ ބައެކެވެ. ހައްޔަރުކުރި އަންހެނުން އަޑު އުފުލާފައިވަނީ އިނގިރޭސިވިލާތުގެ އެމްބަސީ އާއި ޖަރުމަން އެމްބަސީ އާއި ރާއްޖޭގައި ޔޫއެން އޮފީސް ދޮށުގަ އެވެ. އިނގިރޭސިވިލާތު އެމްބަސަޑަރު އަދި ސައުދީ އެމްބަސެޑަރު ހުންނަވާ ގެކޮޅު ކައިރީވެސް އެ މީހުން އިހުތިޖާޖުކޮށް އަޑުއުފުލި އެވެ. އެ މީހުން ހައްޔަރުކުރުން ކުށްވެރިކޮށް އެ ދެ އަންހެނުން ދޫކޮށްލަން ގޮވާލައި އަދާލަތު ޕާޓީން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ. އެ ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ވިދާޅުވީ އެ ދެ އަންހެނުން ހައްޔަރުކުރުމަކީ ފަލަސްތީން ގަޒިއްޔާއާއި މެދު މި ސަރުކާރުގެ ފަރުވާލެއް ނެތްކަން ރަމްޒްކޮށްދޭ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަފީރުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ