މާލެ: 31°C

ލުބްނާނުގެ ވަރުގަދަ ހަމަލާތަކެއްގައި އިޒްރޭލަށް ސިހުން

ލުބްނާނުގެ ވަރުގަދަ ހަމަލާތަކެއްގައި އިޒްރޭލަށް ސިހުން
September 5, 2024
2 ފަހަރު ބަލާފައި
ލުބްނާނުގެ ވަރުގަދަ ހަމަލާތަކެއްގައި އިޒްރޭލަށް ސިހުން
ލުބުނާނުން ފޮނުވާލި 65 ރޮކެޓް ހަމަލާ އިސްރާއީލުގެ އުތުރުގެ އިމާރާތްތަކަށް އަމާޒުވެ އަލިފާން ރޯވެއްޖެއެވެ. އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ބުނި ގޮތުގައި ފާއިތުވި ގަޑިއިރުގެ ތެރޭގައި ލުބްނާނުން ގަލީލީ ޕެންހޭންޑްލް އަށް 65 ވަރަކަށް ރޮކެޓް ފޮނުވާލިއެވެ. އުތުރުގެ ސިޓީއެއް ކަމަށްވާ ކިރިޔަޓް ޝްމޯނާއަށް ރޮކެޓް ހަމަލާތަކެއް އަމާޒުވިއިރު، އެއް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އައިޑީއެފް އިން ބުނީ ބައެއް ރޮކެޓްތައް ހުއްޓުވި ކަމަށާއި އަނެއްބައި ރޮކެޓްތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ވެއްޓުނު ކަމަށެވެ. ފަޔަ އެންޑް ރެސްކިއު ސަރވިސްއިން ބުނީ ކިރިޔާތު ޝްމޯނާގެ އިމާރާތްތަކާއި ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގިކަމުގެ ރިޕޯޓްތަކާއި ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ ރޮކެޓް ހަމަލާތަކުގެ ސަބަބުން ބައެއް ތަންތަނަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. މި ހަމަލާތަކުގެ ޒިންމާ ލުބްނާންގެ ހަތިޔާރު އެޅި ޖަމާއަތުން ވަނީ ނަގައިފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލަތާކާއި ގުޅިގެން ސްރާއީލާއި ހިޒްބުﷲ އާ ދެމެދު ދަނީ މަނުޖެހުންތަކެއް ހިންގަމުންނެވެ. ހިޒްބުﷲ އިން ތަކުރާރުކޮށް ބުނަމުން ދަނީ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓާލައިފިނަމަ އިސްރާއީލަށް ދެމުންގެންދާ ހުއްޓާލާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ