ވަޅިޖަހައި ލޯބިވެރިޔާ މަރާލާނެ ކަމަށްބުނެ އިންޒާރުދިން ފުލުހެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

ވަޅިޖަހައި ލޯބިވެރިޔާ މަރާލާނެ ކަމަށްބުނެ އިންޒާރުދިން ފުލުހެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި
ލިޔުން:
ވަޅި ޖަހައި މަރާލާނެ ކަމުގެ އިންޒާރު ދިން ފުލުހެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.
ވަޅި ޖަހައި މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ ފިރިހެން ފުލުހެކެވެ. އޭނާ އިންޒާރުދޭ އަޑު އިވޭ އޯޑިއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަށަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.
އިންޒާރު ދިން ފިރިހެން ފުލުސްގެ ފޮޓޯއާއި ވަނަވަރު ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެ އެވެ.
އެ ފިރިހެން މީހާ އިންޒާރު ދީފައި ވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ދަނީ އަޑު ފެތުރެމުންނެވެ.
އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ވަޅިން ބިރު ދެއްކުމާއި އިންޒާރު ދިނުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ. އަދި އެފަދަ މައްސަލަތަކުގައި ބޮޑު ހުކުމެއް އައުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
