މާލެ: 31°C

މަނީ ލޯންޑަރިންގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރަށް

މަނީ ލޯންޑަރިންގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރަށް
September 5, 2024
2 ފަހަރު ބަލާފައި
މަނީ ލޯންޑަރިންގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރަށް
ރާއްޖެއަށް އަންނަ ދުވަހު ނޫން އަނެއް ދުވަހު ފުރާ މީހަކު މަނީލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮޮށްފި އެވެ، ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ރަގޫބް ނިސްތާރު ހަލީމް ރަހުމާން އެވެ. ބަންދު އަމުރުގައިވާ ގޮތުން އޭނާ އަކީ ވަރަށް ގިނައިން ރާއްޖެ އައުމަށް ފަހު ހަމަ އޭގެ އަނެއް ދުވަހު ރާއްޖެއިން ފުރާ މީހެކެވެ. އޭނާ މި ފަހަރު ހައްޔަރު ކުރީ ގިނަ އަދަދެއްގެ ޑޮލަރާއެކު ކަމަށާއި އަދި އެ ޑޮލަރުތަކަކީ އެހެން މީހަކު އޭނާއާ ހަވާލުކުރި ޑޮލަރުތަކެއް ކަން އެނގޭ ލިޔުންތަކެއް ފެނިފައިވާ ކަމަށް އަމުރުގައި ބުނެފައިވާ އިރު އެއީ ކިހިނެއް ހޯދާ ފައިސާއެއް ކަން ވެސް އޭނާއަށް ބުނެދެވިފައިވާ ނުވާ ކަން ފާހަގަކޮށްފައި ވެ އެވެ. އެކަމަކު އޭނާގެ އަތުން ފެނުނީ ކިހާ ޑޮލަރެއް ކަމަށް ކޯޓު އަމުރުގައި ބުނެފައެއް ނުވެ އެވެ. ދެން ބަންދު އަމުރުގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ އޭނާގެ ޕާސްޕޯޓުން ނަން ވެސް ބަދަލުކޮށްފައި ވުމެވެ. އެހެންވެ އޭނާގެ ދަތުރުތައް ކޮށްފައިވާ ގޮތުން ޝައްކުވާ ފަދަ ކަންކަން ހިމެނޭތީއާއި މަނީ ލޯންޑަރިންފަދ ޖިނާއީ ބޮޑު ތުހުމަތުތަކެއް ކުރެވިފައި ވާތީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހު ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ