މާލެ: 31°C

ލާޖައްސައިގެން އަނާރާ ހުޅުމާލެއިން ގޯއްޗެއް މިލްކު ކުރައްވައިފި

ލާޖައްސައިގެން އަނާރާ ހުޅުމާލެއިން ގޯއްޗެއް މިލްކު ކުރައްވައިފި
September 4, 2024
2 ފަހަރު ބަލާފައި
ލާޖައްސައިގެން އަނާރާ ހުޅުމާލެއިން ގޯއްޗެއް މިލްކު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމު، ލާޖައްސައިގެން ހުޅުމާލެ އިން ގޯއްޗެއް މިލުކުރައްވައިފި އެވެ.

އަނާރާ ވަނީ ނިމިދިޔަ ސަރުކާރުން ހުޅުމާލޭގެ ބީޗް ސައިޑުން ގޯތި ވިއްކިއިރު އެ ތަނުން ގޯއްޗެއް ބައްލަވައިގެންފަ އެވެ.

ލާޖައްސައިގެން އަނާރާ މިލްކުރެއްވި ހުޅުމާލޭގައި އޮންނަ އޭނާގެ ގޯއްޗަކީ އެހެން މީހެއްގެ ގޯއްޗެއް ލާޖައްސައިގެންނެވެ.

ގޯތީގެ ވެރިފަރާތުން އެއްބަސްވެގެން ކުރިއަށް ގެންދިޔަ މި މުއާމަލާތް ސިވިލް ކޯޓުން ނިންމާ ހުކުމް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައި ލާޖެއްސުމަކީ އޮންނަ ކަމެއް ނޫން ނަމަވެސް މިއީ ކޯޓުތަކުން ކުރަމުންދާ ކަމެކެވެ. މީގެ އެންމެ މަޝްހޫރު އެއް މައްސަލަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އޭރުގެ އަމިއްލަ ގޯތި ގ. ދޫވެހި ލާޖައްސައިގެން ހެންވޭރުން ގޯއްޗެއް ހޯއްދެވި މައްސަލަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ