މާލެ: 31°C

ފުލުހުންގެ ވެރިންގެ ސޮއި ފޯޖުކޮށްގެން ސައްހަނޫން ތަހުގީގު ރިޕޯޓެއް ހެދި މައްސަލަ ސީރިއަސް ތަހުގީގަކަށް

ފުލުހުންގެ ވެރިންގެ ސޮއި ފޯޖުކޮށްގެން ސައްހަނޫން ތަހުގީގު ރިޕޯޓެއް ހެދި މައްސަލަ ސީރިއަސް ތަހުގީގަކަށް
September 4, 2024
2 ފަހަރު ބަލާފައި
ފުލުހުންގެ ވެރިންގެ ސޮއި ފޯޖުކޮށްގެން ސައްހަނޫން ތަހުގީގު ރިޕޯޓެއް ހެދި މައްސަލަ ސީރިއަސް ތަހުގީގަކަށް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމާ ބެހޭ ގޮތުން ފޭކު ރިޕޯޓެއް ތައްޔާރުކުރި މައްސަލަ، ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ނޫސް ބަޔާނެއްގައި ބުނީ ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްހަނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭ ގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓުކަމަށް ބުނެ ދައުރުކުރަމުންދާ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން ކަމަށާއި އެ ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާއާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑާ ދިމާނުވާ ކަމަށް ފުލުހުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

އަދި ސައްހަ ނޫން ރިޕޯޓުގައި އޭރުގެ އެކްރެޑިޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ ނަމުގައި ބޭނުންކޮށްފައިވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމަންޓުތަކުގައި ސޮއިކުރައްވަމުން ގެންދަވާ ފުލުހުންގެ ސްޕޯކްސްޕާސަން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންގެ ސޮއި ފޯޖުކޮށްގެންކަން ވެސް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"އެހެންކަމުން، މި ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެންނާއި އަދި ފުލުހުންގެ ބައެއް އިސްވެރިންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލުގެނެެސް އުފައްދާފައިވާ ސައްހަނޫން ވާހަކަތަކެއް ހިމެނޭ ރިޕޯޓެއްކަން ދަންނަވަން،" ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ސައްހަ ނޫން ރިޕޯޓެއް ފަތުރަމުންދާތީ އެ މައްސަލް ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން ފުލުހުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސައްހަ ނޫން ރިޕޯޓެއް ދައުރުވަމުންދާތީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. ފުލުހުން ވަނީ އާންމުންގެ މެދުގައި އެކިއެކި ފަރާތްތަކާމެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ފަތުރާ ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި ބައިވެރިނުވުމަށްވެސް އިލްތިމާސްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ