ސަރުކާރުގެ އިމާރާތްތަކުން ވައްކަން ކުރުމުގެ ރެކޯޑެއް އޮތް އަސްލަމް ވަނީ އޭނާގެ ކުށަށް އިއުތިރާފްވެސް ވެފަ އެވެ..
ޑްރަގު ކޯޓުން ވައްކަންކުރި މީހާގެ ވަނަވަރު އާންމުކޮށްފި

ޑްރަގު ކޯޓުން ވައްކަންކުރި މީހާގެ ވަނަވަރު އާންމުކޮށްފި
ލިޔުން:
ޑްރަގު ކޯޓުން ވައްކަންކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
އެ ކޯޓުގެ ޝަރީއަތުގެ މަޖިލީހުގެ ކުޑަދޮރެއް ހަލާކުކޮށްފައި، އެ ތަަނަށް ވަދެ ވައްކަން ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އޭރު ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާގެ ނަމަކީ ސ. ހިތަދޫ ދެކުލައަރާގޭ، މުހައްމަދު އަސްލަމް އެވެ.
ޑްރަގު ކޯޓުން ބުނީ ވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ކޯޓު ތެރެއަށް ވަދެފައިވަނީ ކޯޓާ އިންވެގެން ހުންނަ ގެތަކާއި ކޯޓާ ދެމެދު އޮންނަ ގޯޅިއަށް ހުރި ކޯޓުގެ ޝަރީއަތް ކުރާ މާލަމެއްގެ ކުޑަދޮރު ހަލާކޮށްލައިގެން ކަމަށެވެ.
އެ މާލަމުން ކޯޓުގެ އެކި ހިސާބުތަކަށް ވަދެ, ތަޅުލާފައިވާ ބައެއް ކަބަޑުތައް ފަޅާލައި ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ބައެއް ފައިސާ ވަގަށް ނަގާފައިވާ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
