
ލޭނެއް މަދެއް ނުވޭ، ބްރިޖް ނިންމާފައި ވަނީ ރައީސް ޔާމީނާއި އިކޮނިމިކް ކައުންސިލުން ނިންމެވި ގޮތަށް ޑރ. މުއިއްޒު: އަދީބު
ލޭނެއް މަދެއް ނުވޭ، ބްރިޖް ނިންމާފައި ވަނީ ރައީސް ޔާމީނާއި އިކޮނިމިކް ކައުންސިލުން ނިންމެވި ގޮތަށް ޑރ. މުއިއްޒު: އަދީބު
ލިޔުން:
ބްރިޖުން ލޭނެއް މަދުނުވާ ކަމަށާއި ބްރިޖް ނިންމާފައި ވަނީ ރައީސް ޔާމީނާއި އިކޮނޮމިކް ކައުންސިލުން ނިންމެވި ގޮތަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުޢިއްޒު ކަމަށް ކުރީގެ ރައީސް ޔާމީނުގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ބްރިޖުގެ ހުރިހާ މަސައްކަތެއްވެސް ނިންމާފައި ވަނީ ސަރުކާރުން ފާސްކޮށްފައިވާ ކުރެހުންތަކާއެއްގޮތަށެވެ.
އަދީބު މިނިވަންއަށް ވިދާޅުވީ ރާއްޖެއާއި ޗައިނާ ގުޅިގެން ހިންގި އެހާ ބޮޑު މަޝްރޫއެއްގެ ކުރެހުމަށް އެންމެ ބޭފުޅަކު ބޭނުންފުޅުވާ ގޮތަށް ކުއްލިއަަކަށް ބަދަލު ނުގެނެވޭނެ ކަަމަށާއި އެއީ ގިނަ ދުވަސްތަކެއްގެ ދިރާސާތަކަކަށް ފަހު ނިންމާފައިވާ ކުރެހުންތަކާ އެއްގޮތަށް އަޅާފައިވާ ބްރިޖެއް ކަމަށެވެ.
"ބައިސްކަލް ދުއްވަން މިހާރުވެސް ބައެއް އޮންނާނެ. އެކަމަކު ބައިސްކަލް ނުދުއްވޭ ގޮތަށް ހެދީ ރައީސް ޔާމީން،" އަދީބު ވިދާޅުވިއެވެ.
ބްރިޖުން ލޭނެއް މަދުވި ކަމަށް ބައްލަވައި ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. މުއިއްޒުއަށް ނުރުހުމުގެ ބަަސް ވިދާޅުވި ކަމަށް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމުން ބްރިޖް ލޭނުގެ ވާހަކަ ވަނީ ސޯޝަލް މީޑިއާގައި ގުގުމާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
