ރައީސް ޔާމީންގެ ތަހުގީގާ ގުޅޭ ގޮތުން ދައުރުވަމުންދަނީ އަސްލެއްނެތް ރިޕޯޓެއް: ޕޮލިސް

ރައީސް ޔާމީންގެ ތަހުގީގާ ގުޅޭ ގޮތުން ދައުރުވަމުންދަނީ އަސްލެއްނެތް ރިޕޯޓެއް: ޕޮލިސް
ލިޔުން:
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރު ނެރުނު މައްސަލައިގައި ފުލުހުން ކޮށްފައިވާ ތަހުގީގު ރިޕޯޓު ކަމަށް ބުނެ ދައުރުވަމުންދާ ރިޕޯޓަކީ ފޭކެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ފޭކު ތަހުގީގު ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާއާއި ފުލުހުންގެ ލިޔުންތަކުގައި ބޭނުންކުރާ ހެޑާއާ ދިމާ ނުވާ ކަމަށެވެ.
ހަމަ އެހެންމެ ދައުރުވަމުންދާ ލިޔުމުގައި ބޭނުންކޮށްފައިވާ ސޮއި ވެސް އެއީ ފޯޖުކޮށްފައިވާ ސޮޔެއް ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
ސައްހަ ނޫން ތަހުގީގު ރިޕޯޓެއް ދައުރުވަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ،
"އާންމުންގެ މެދުގައި އެކިއެކި ފަރާތްތަކާމެދު ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ފަތުރާ މިފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި ބައިވެރިނުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެމަނިކުފާނު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރުނީ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށް ވެސް ލިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުމުން ފަހުން އޭނާ މިނިވަން ކުރި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
