މާލެ: 31°C

އާއިލާގެ ޜުހުމާ ދެކޮޅަށް އަތުހަތުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

އާއިލާގެ ޜުހުމާ ދެކޮޅަށް އަތުހަތުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި
September 3, 2024
2 ފަހަރު ބަލާފައި
އާއިލާގެ ޜުހުމާ ދެކޮޅަށް އަތުހަތުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރި މައްސަލާގައި ބަންދުގައި ހުރެ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު މަރުވި އާދަމް އަތުހަރުގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ އާއިލާއިން ދެކޮޅު ހެދިޔަސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. އިސްކަންދަރު ކޮށީގައި ނޫސްވެރިންނާއެކު ފުލުހުންގެ އިސްވެރިންނާއި ހޯމް މިނިސްޓަރު އަލީ އިހުސާން "ނުރަސްމީ" ބައްދަލުވުމެއް ބޭއްވި އެވެ. ވީޑިއޯގެ ގޮތުން އެއްވެސް ކެމެރާއެއް އަދި ފޯނަކުން ފޮޓޮއާއި ވީޑިއޯ ނުނެގޭ ގޮތަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ނޫސްވެރިންނަށް ދެ ވީޑިއޯއެއް ދެއްކި އެވެ. ވީޑިއޯ ދެއްކުމަށް ފަހު މައްސަލައާ ގުޅޭ ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުންގެ އިހުމާލު އޮތް ކަމުގެ ތުހުމަތު ވެސް ކުރެވޭ މި ވަރުގެ މައްސަލައެއްގައި ޕޯސްޓްމޯޓަމް ރިޕޯޓު މުހިންމުވާ ކަމަށެވެ. "ކުރިން ވެސް އެހެން ގައިދީއަކު މަރުވެގެން ވެސް ބުނެފައި ވާނެ، އާއިލާއާ ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަށް ހެދުމަށް ފަހު އޭ، އެހެންވީމަ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ތެރެއިން އަމަލު ކުރާނީ އެހެން،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އަތުހަރުގެ އާއިލީ މީހަކު "ދެން އޮންލައިން" އަށް ބުނީ އޭނާގެ ހާލަތު ގޯސްވެ މަރުވެ ދިޔުމުގައި އިހުމާލެއް އުޅޭ ކަމަށް އާއިލާއިން ދެކޭ ކަމަށެވެ. ނަމަވެސް ހަށިގަނޑު ވަޅު ނުލައި ގިނައިރުވުމަށް ނޭދޭތީ އޮޓޮޕްސީ އަދި ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ބޭރަށް ފޮނުވަން ބޭނުން ނުވާ ކަން ވެސް އިދާރާތަކަށް އާއިލާއިން އަންގާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އާއިލާއަަށް އަތުހަރުގެ ހާލަތުގެ މައުލޫމާތުތައް ނުލިބި ގޮސްފައިވާތީވެ އެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ