
އަތުހަރު ދަންޖެހުނުކަން ސާބިތުކޮށްދޭން ފުލުހުންވީޑިއޯ ދައްކައިފި، އާއިލާއިން ބުނަނީ އަމިއްލަ މަރެއް ނޫން ކަމަށް
އަތުހަރު ދަންޖެހުނުކަން ސާބިތުކޮށްދޭން ފުލުހުންވީޑިއޯ ދައްކައިފި، އާއިލާއިން ބުނަނީ އަމިއްލަ މަރެއް ނޫން ކަމަށް
ލިޔުން:
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރި މައްސަލާގައި ށ. މިލަންދޫ, ހެޕީލޭންޑު އާދަމް އަތުހަރު ޖަލުގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އާއިލާއާއި އާންމުންގެ ތެރޭގައި ސުވާލު އުފައްދަމުންދާތީ ގޮޅީގެ ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ މީޑިއާއަށް ދައްކާލައިފި އެވެ.
އިސްކަންދަރު ކޮށީގައި ނޫސްވެރިންނާއެކު ފުލުހުންގެ އިސްވެރިންނާއި ހޯމް މިނިސްޓަރު އަލީ އިހުސާން "ނުރަސްމީ" ބައްދަލުވުމެއް ބޭއްވި އެވެ. ވީޑިއޯގެ ގޮތުން އެއްވެސް ކެމެރާއެއް އަދި ފޯނަކުން ފޮޓޮއާއި ވީޑިއޯ ނުނެގޭ ގޮތަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ނޫސްވެރިންނަށް ދެ ވީޑިއޯއެއް ދެއްކި އެވެ.
އެއް ވީޑިއޯއަކީ ބުރާސްފަތި ދުވަހުގެ ރޭ ސީނުން އަތުހަރު ހައްޔަރުކުރާ މަންޒަރު ހިމެނޭ ވީޑިއޯ އެވެ. ވީޑިއޯގައި އަންހެން މީހާގެ ކަރުގައި ދެ ވަޅި ޖައްސާފައިވެ އެވެ.
ދެވަނަ ވީޑިއޯގައި ފެނިގެން ދިޔައީ ރޭ އިރުއޮއްސި 18:29 އިން ފެށިގެން ސްޓެޗާއަށް އަރުވައިގެން އަތުހަރު ގެންދިއުމާ ހަމައަށެވެ.
އަތުހަރު ދަން ޖެހެން މަސައްކަތްކުރީ އޭނާ ލައިގެން ހުރި ސޯޓުގެ ނާޑުވާއިން ކަމަށް އާއިލާއިން ބުނަމުން ދިޔައިރު ފުލުހުން ދެއްކި ވީޑިއޯއިން ވެސް ފެނުނީ އެ ކަމެވެ. ކަޅު ކުލައިގެ ސޯޓުން ނާޑުވާ ނައްޓަން އިރުކޮޅަކު އިނުމަށް ފަހު ނާޑުވާ ވާފަށް ކަރުގައި އައްސަ އެވެ.
އޭރު ސީސީޓީވީ ފުޓޭޖު ގަޑިން 6:33 އެވެ. ފުލުހުން އެ ތަނަށް އެޓެންޑުވެވެނީ އޭގެ ބައި ގަޑިއިރެއްހާ އިރު ފަހުން 7:02 ގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
