މާލެ: 31°C

ބިދޭސީންނަށް އިހުމާލު ފަރާތްތަކަށް ބޮޑު ޖޫރިމަނާއެއް ކަނޑައަޅާފައިވާ ބިލު ތަސްދީގުކުރައްވައިފި

ބިދޭސީންނަށް އިހުމާލު ފަރާތްތަކަށް ބޮޑު ޖޫރިމަނާއެއް ކަނޑައަޅާފައިވާ ބިލު ތަސްދީގުކުރައްވައިފި
September 2, 2024
2 ފަހަރު ބަލާފައި
ބިދޭސީންނަށް އިހުމާލު ފަރާތްތަކަށް ބޮޑު ޖޫރިމަނާއެއް ކަނޑައަޅާފައިވާ ބިލު ތަސްދީގުކުރައްވައިފި
ރާއްޖެ ގެންނަ ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ފަރާތްތައް 50،000ރ އިން ޖޫރިމަނާކުރާ ގޮތަށް ވަޒީފާގެ ގާނޫނަށް އިސްލާހު ގެންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައި ގާނޫނެއްގެ ގޮތުގައި ޝާއިއުކޮށްފި އެވެ. ސަރުކާރުގެ ފަރާތުން ބިލު ފޮނުވި އިރު ފުރަތަމަ އޮތީ އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 100،000 ރުފިޔާގެ ޖޫރިމަނާ އެކެވެ. ނަމަވެސް މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދުކުރައްވާ ވިޔަފާރިވެރިންގެ ނުރުހުން އަމާޒުވުމުން ކޮމިޓީ މަރުހަލާގައި އެ މާއްދާއަށް ބަދަލު ގެނެސް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ކަނޑައެޅީ އެވެ. ބިލުގައިވާ ގޮތުން ބިދޭސީން ގެނެވޭނެ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެެވޭނެ އަަދަދާއި ދާއިރާތައް ކަނޑައެޅޭނެ އެވެ. އަދި އެ ގޮތަށް ކަނޑައެޅުމުގައި އެކި އެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށާ އަދި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައް ކަނޑައެޅިދާނެ ކަމަށް ވެ އެވެ. އެ އެސެސްމެންޓަށް ފަހު އަދަދު ކަނޑައެޅޭނީ، ބިލުގައި ވާގޮތުން 5 ކަމަކަށް ބެލުމަށްފަހު އެވެ. އެއީ:
  1. ގައުމުގެ އިގްތިސާދީ ނުވަތަ އިޖްތިމާއީ ތަރައްގީއަށް މުހިއްމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެގެން މުހިއްމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެހެން މުހިއްމު ވަޒީފާތަކަށް އެކަށީގެންވާ އަދަދަކަށް ކަމުގެ ހުނަރު ލިބިފައިވާ މަސައްކަތްތެރިން  ރާއްޖެއިން ލިބެން ނެތުން
  2. ވަކި ދާއިރާއެއްގެ ވަޒީފާއަށް ބިދޭސީން ނެގުމުގެ ސަބަބުން އެ ދާއިރާއެއްގައި އިލްމާ ހުނަރު އިތުރުވުމުގެ ފުރުސަތު އޮތް މިންވަރު
  3. ވަކި ދާއިރާއެއްގެ ވަޒީފާއަށް އެއްވެސް ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ލިބޭ މިންވަރު މަދުވެއްޖެ ނަމަ، އެ ދާއިރާއެއްގެ ތަރައްގީއަށް ކުރާނެ ނޭދެވޭ އަސަރު
  4. ވަކި ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމުގެ ސަބަބުން ނުވަތަ އެފަދަ މަސައްކަތްތެރިން އަަދު އިތުރުވުމުގެ ސަބަބުން ދާހިލީ އަދި ގައުމީ ސަލާމަތަށް ނުރައްކާ ކޮށްފާނެ މިންވަރު

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ