ސޯސަލް ހައުަސިން ޕްރޮގްރާމް ދެން ހިންގާނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން

ސޯސަލް ހައުަސިން ޕްރޮގްރާމް ދެން ހިންގާނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން
ލިޔުން:
ރާއްޖޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މީގެފަހުން ކުރިއަށްގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީންކަމަށް މިނިސްޓަރ އޮފް ހައުސިން، ލޭންޑް، އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ދަށުން ހިނގާ ސަބްސިޑަރީޢަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ ބަދަލުކުރުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އެޗްޑީސީގެ ދަށުން ހިނގާ ސަބްސިޑަރީޢަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ ބަދަލުކުރެއްވުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހައުސިން، ލޭންޑް، އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ އެފްޑީސީއަކީ މިހާރުވެސް އަސާސީ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެއް ހިންގާ ކުންފުންނެއްކަމަށެވެ. އަދި އެޗްޑީސީގެ ދަށަށް އެފްޑީސީ ބަދަލުކުރުމުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށްގެންދާ އަސާސީ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢެއްވެސް މީގެފަހުން ހިންގާނީ އެފްޑީސީންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހަމައެކަނި ހުޅުމާލޭގައެއް ނޫން އެފްޑީސީން ހައުސިންގ މަސައްކަތްކުރިއަށްގެންދާނީ.. މުޅި ރާއްޖޭގައި ބޯހިޔާވަހިިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ އެފްޑީސީން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ބަދަލާއެކު އެޗްޑީސީ މީގެފަހުން މަސައްކަތްކުރާނީ މާސްޓަރ ޑިވެލޮޕަރގެ ގޮތުގައިކަމަށެވެ. އެގޮތުން މިހާރުވެސް ހުޅުމާލެ. ގުޅީފަޅު އަދި ފުށިދިއްގަރުފަޅުގެ މާސްޓަރ ޑިވެލޮޕަރއަކީ އެޗްޑީސީކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ އަރބަން ސެންޓަރުތަކުގެ މާސްޓަރ ޑިވެލޮޕަރގެ ގޮތުގައިވެސް ހަރަކާތްތެރިވާނީ އެޗްޑީސީންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އެޗްޑީސީއަކީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް އެކުންފުނީގެ ހިއްސާ ވިއްކުންކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
