މާލެ: 31°C

ޔާމީން ސަރުކާރަށް ފާޑުވިދާޅުވުން: ފެހި ސިގްނަލްގައި އައި މީހުންނާ ރައްޔިތުން ރަތް ސިގްނަލަށް ވެއްޓިއްޖެ: ރައީސް ޔާމީން

ޔާމީން ސަރުކާރަށް ފާޑުވިދާޅުވުން: ފެހި ސިގްނަލްގައި އައި މީހުންނާ ރައްޔިތުން ރަތް ސިގްނަލަށް ވެއްޓިއްޖެ: ރައީސް ޔާމީން
September 2, 2024
2 ފަހަރު ބަލާފައި
ޔާމީން ސަރުކާރަށް ފާޑުވިދާޅުވުން: ފެހި ސިގްނަލްގައި އައި މީހުންނާ ރައްޔިތުން ރަތް ސިގްނަލަށް ވެއްޓިއްޖެ: ރައީސް ޔާމީން

ގައުމުގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން ފެހި ސިގްނަލް ދެމުން އައި ސަރުކާރުގެ ވެރިންނާ ހުރެ ރައްޔިތުން ރަތް ސިގްނަލަށްވެއްޓިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ ފިޗުން ރާއްޖޭގެ ރޭޓިން ތިން މަސް ތެރޭ ދެ ފަހަރަކަށް ދަށް ކުރުމާއަދި ބޭންކުން ޑޮލަރޔ ލިމިޓު ކުރުމުގައި ނެގި ފިޔަވަޅާ އެކީ ސަރުކާރުން ކަންކަންކުރި ގޮތަށް އަލި އަޅުވާލައްވާ ވާހަަކަފުޅުދައްކަވާފައެވެ.

އެގޮތުން ރައީސް ޔާމީން ވަނީ، ބީއެމްއެލުން ކުރީ ބަޣާވާތެއް ކަމަށް ބުނެ ފުލުހުންގެ ހިދުމަތަށް ނުފޫޒު ފޯރުވައިގެންތަހުގީގުކުރަމ ނާތަހުޒީބުކަމެއް ކަމަށާ އެއީ ބަޣާވާތެއް ކަމަށް ބެލެވޭނެ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އެ ތުހުމަތުގެސަބަބުން ދިވެހީންގެ ބޭންކުގެ އިތުބާރު ރައްޔިތުން ކުރިމަތީ ގެއްލިއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ބީއެމްއެލްގެ މައްސަލައަކީ ފުލުހުންނަށް ބެލޭނެކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ