މާލެ: 31°C

އެމްޑީޕީ ބޮޑު ދިދައަށް ގެއްލުންދީ މޫދަށް

އެމްޑީޕީ ބޮޑު ދިދައަށް ގެއްލުންދީ މޫދަށް
September 2, 2024
2 ފަހަރު ބަލާފައި
އެމްޑީޕީ ބޮޑު ދިދައަށް ގެއްލުންދީ މޫދަށް

ށ. މާއުނގޫދޫގައި އެމްޑީޕީގެ މެމްބަރުން ބޮޑުދިދަ ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ދިދައަށް ގެއްލުންދީ މޫދަށް އެއްލާލުން ކުށްވެރިކުރާ ކަމަށް އެމްޑީޕީގެރައީސް އަބްދުއްﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސުލްޙަވެރި ސިޔާސީ ޙަރަކާތަށް ފަރިތަވާން ޖެހޭ ކަމަށެވެ. އިދިކޮޅު ޕާޓީއަށް ޤައުމުގެ ސިޔާސީވެށީގައި ޖާގަ ލިބެން ޖެހޭ ކަމަށާއި އަދި އެ ފިނޑި ޢަމަލު ހިންގި ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކަށާއި ތަކެއްޗަށް ގެއްލުންދިނުމުގެ ގޯސް ސަގާފަތެއް އަބަދުވެސް އޮވެއެވެ. މިފަދަ ކަންކަން ގިނައިން ހިނގަނީ އިންތިހާބުތަކާއިދިމާކޮށެވެ. 2023 ވަނަ ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް ގދ. ހޯނޑެއްދޫ އެމްޑީޕީގެ ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވެއެވެ. ހޯނޑެއްދޫ ކައުންސިލްގެ ރައީސްހުސެއިން ވާރިޝް މީޑީއާ ތަކަށް މައުލޫމާތުދެއްވާ ވިދާޅުވީ އެ ޖަގަހަ އަކީ އަބަދުވެސް ހުޅުވާފައި ހުންނަ ތަނެއްކަމަށާއި ކޮންމެ ގަޑިއެއްގައިވެސް ޖަގަހައަށްވަދެވޭނެކަމަށެވެ. އަދި އޭނާ ވިދާޅުވީ ޖަގަހައިގައި ހުރި ހުރިހާ ތަކެއްޗެއްވަނީ ބޭނުންނުކުރެވޭ ވަރަށް ކަޅުތެޔޮ ޖަހަފައިކަމަށެވެ. އޭގެ ތެރޭގައި ދިދަފަތިތަކާއިއަދި ގޮނޑިތައް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބުގެ ތެރޭގައި ހަމަ އެ އަތޮޅުގެ މަޑަވެލީގައި ހުންނަ އެމްޑީޕީ ޖަގަހައިގައި ވެސް ވަނީ ރޯކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން ރައީސްވިދާޅުވެފައި ވަނީ ހުރިހާ ފަރާތްތަކަށް ވެސް ބަސްބުނެވޭނެ ކަމާއި ކެމްޕޭނު ކުރެވޭނެ ޖާގަ ދޭން ޖެހޭނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ