ބްރެޒިލްގައި ކަރަންޓް ބޮޑުވުމުގެ މައްސަލަ ހޫނުވަނީ

ބްރެޒިލްގައި ކަރަންޓް ބޮޑުވުމުގެ މައްސަލަ ހޫނުވަނީ
ލިޔުން:
ހޫނު މޫސުމުގައި ވާރޭވެހުން މަދުވެ ބްރެޒިލްގެ ހައިޑްރޯއިލެކްޓިކް އިންޖީނުގެތަކުން ކަރަންޓު އުފައްދަން ކުރާ ހޭދަ އިތުރުވުމާ ގުޅިގެން ކަރަންޓު ބިލުތައް ބޮޑުވާނެ ކަމުގެ އިންޒާރު ދީފިއެވެ. ދެކުނު އެމެރިކާ ބައްރުގެ އެންމެ ބޮޑު އިޤުތިޞާދުގެ ގޮތުގައި ބެލެވޭ ބްރެޒިލްގައި ކަރަންޓުގެ ޚިދުމަތް ރެގިއުލޭޓު ކުރާ މައި އިދާރާ, އަނޭލުން ބުނީ ފެނުން ކަރަންޓު އުފައްދާ ހައިޑްރޯއިލެކްޓްރިކް އިންޖީނުގެތައް އެންމެ ފުރިހަމަ ގޮތުގައި ހިންގަން ބޭނުންވާ މިންވަރަށް ވާރޭވެހި, ރިޒަރވިޔަރތަކުގައި ފެންބޮޑުވެފައި ނުވާ ކަމުގައެވެ.
ބްރެޒިލްގައި ވަޔާއި އަވިން ހަކަތަ އުފެއްދުމަށް ބިޔަ މަޝްރޫޢުތަކެއް ހިންގަމުން ދިޔަ ނަމަވެސް, އެ ޤައުމުގައި ބޭނުން ކުރާ ކަރަންޓުގެ ދެބައިކުޅަ އެއްބައަށް ވުރެ ބޮޑު އިންސައްތައެއް އަދިވެސް އުފައްދަނީ ހައިޑްރޯއިލެކްޓްރިކް އިންޖީނުގެތަކުންނެވެ. ކަރަންޓު ބިލުގެ އަގުތައް ކަނޑައެޅުމުގައި އަނޭލުން ވަނީ ހަތަރު މިންގަނޑެއް ކަނޑައަޅާފައެވެ. އެއީ, ރިޒަރވިއަރތަކުގެ ފެން ހުންނަ މިންވަރަށް ބަލައި ކަނޑައަޅާފައި އޮންނަ މިންގަނޑުތަކެކެވެ.
އޭގެ ތެރޭގައި ހިމެނެނީ ފެހި, ރީނދޫ, ރަތުގެ ލެވެލް 1 އަދި ރަތުގެ ލެވެލް 2އެވެ. އޭގެ ތެރެއިން ފެހި މިންގަނޑުގެ ދަށުން ބިލު ތައްޔާރު ކުރާ މަސްތަކުގައި އިތުރު ފީއެއް ނުނަގާނެއެވެ. ނަމަވެސް, ރަތުގެ ލެވެލް 2 ކަނޑައަޅާފައި އޮންނަ މަސްމަހުގައި, ގޭބީސީތަކުން ބޭނުން ކުރާ ހަކަތައިގެ ކޮންމެ 100 ކިލޯވޮޓަކަށް 1.40 އެމެރިކާ ޑޮލަރުގެ އިތުރު ފީއެއް ނެގޭނެއެވެ.
އަނޭލުން ބުނީ އަދުގެ ހާލަތަށް ބަލައި ސެޕްޓެންބަރު މަހުގެ ބިލު ތައްޔާރު ކުރާނީ ރަތުގެ ލެވެލް 2 މިންގަނޑުގެ މައްޗަށް ބިނާކޮށް ކަމުގައެވެ. އެއީ, 2021 އޮގަސްޓު މަހަށް ފަހު ބްރެޒިލްގައި އެ މިންގަނޑުގެ ދަށުން ކަރަންޓު ބިލުތައް ތައްޔާރު ކުރާ ފުރަތަމަ ފަހަރެވެ. އެ މަހު ވެސް ރަތުގެ ލެވެލް 2ގެ ދަށުން ކަރަންޓަށް ބިލު ކޮށްފައި ވަނީ ވާރޭވެހޭ މިންވަރު މަދުވެ, އެ ޤައުމަށް ހަނަފަސްކަމާ ކުރިމަތިލާން ޖެހުމާ ގުޅިގެންނެވެ.
ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ކަރަންޓު ބިލުތައް ބޮޑުވާނެ ކަން އަނޭލުން އިޢުލާނު ކުރުމާ އެކު, ތަކެތީގެ އަގުތައް އުފުލެން ފަށާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މިއާ އެކު, އިންފްލޭޝަން ރޭޓު އުފުލުގެ ބިރު ބޮޑުވެ, ޢާންމު ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ބްރެޒިލްގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ސެޕްޓެންބަރު މަހު ހައިޑްރޯއިލެކްޓްރިކް އިންޖީނުގެތައް ހުންނަ ސަރަޙައްދުތަކަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވެނީ ޢާންމު އެވުރެޖަށް ވުރެ 50 އިންސައްތަ މަދުން ކަމުގައެވެ. އެ ކަމުގެ ސަބަބުން ރިޒަރވިއަރތަކުގެ ފެންގަނޑު ހިނދި, ހަކަތަ އުފެއްދުމަށް ޚަރަދު ބޮޑު ތަރމޯއިލެކްޓްރިކް އިންޖީނުގެތައް ބޭނުން ކުރަން މަޖުބޫރު ވާނެއެވެ. ނަމަވެސް, މި އަހަރުގެ އޮގަސްޓު މަހުގެ ކަރަންޓު ބިލުން އިތުރު ފީއެއް ނަގާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
