މާލެ: 31°C

ސަރުކާރުގެ އިތުރު ބައެއް ކުންފުނިތައް އެއްކޮށްލަނީ

ސަރުކާރުގެ އިތުރު ބައެއް ކުންފުނިތައް އެއްކޮށްލަނީ
September 1, 2024
2 ފަހަރު ބަލާފައި
ސަރުކާރުގެ އިތުރު ބައެއް ކުންފުނިތައް އެއްކޮށްލަނީ
ސަރުކާރުގެ ތިން ކުންފުންޏެއް ރިޕޯމްކުރުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް އެެހެން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުން ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ފާހަގަކުރެއްވީ:

  • ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް), މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކުރަން ނުވަތަ އެއްކޮށްލުމަށް މަޝްވަރާކުރުން.
  • ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ), ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ދަށަށް ބަދަލުކުރަން ނުވަތަ އެއްކޮށްލުމަށް މަޝްވަރާކުރުން.
  • މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި (އެމްއެފްއެމްސީ), ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލަން މަޝްވަރާކުރުން.
މިދިޔަ ހަފްތާގެ ތެރޭގައި އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކޮށްފައިވާއިރު އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އެއީ ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ރިފޯމްގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށާއި އެއީ ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ. ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައިވަނީ ދަރަނި ބޮޑުވުމުގެ ސަބަބުންނާއި ކުރީގެ މެނޭޖުމަންޓުތަކުގައި އެތެރޭގެ ކޮރަޕްޝަން ބޮޑުވުމުގެ ސަބަބުން ހިންގުމަށް ދަތިވެފައިވާތީ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި، ސަރުކާރު ކެބިނެޓުގެ އެ ނިންމުން ހާމަކޮށް ޝާއިއުކޮށްފައިވާ ލިޔުމުގައިވަނީ ސަރުކާރު ކެބިނެޓުން އެ ގޮތަށް ފާސްކުރީ ފެނަކައިން ފޯރުކޮށްދޭ ހިދުމަތްތައް ވަރުގަދަ ކުރުމަށާއި ކުންފުނި ދެން ހިންގޭ ގޮތް ހޯދުމަށް ފިނޭންސް މިނިސްޓްރީން ދިރާސާކޮށް ހުށަހެޅި ކަރުދާހެއް ދިރާސާކުރުމަށް ފަހު ކަމަށެވެ. އެ ބަދަލު ގެނައުމަށްޓަކައި އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، ފެނަކައިގެ ކަންކަން އެސްޓީއޯގެ ދަށަށް ގެންގޮސް ހިންގަންވީ ގޮތުގެ އިހުތިޔާރު އެ ކުންފުންޏަކަށް ދިނުމަށް ވެސް ސަރުކާރު ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ