ރަހީނުކުރި ހާދިސާގައި އަންހެން މީހާ ސަލާމަތްކުރެވުނީ ފުލުހެއްގެ އަތް ޒަހަމްވެގެން

ރަހީނުކުރި ހާދިސާގައި އަންހެން މީހާ ސަލާމަތްކުރެވުނީ ފުލުހެއްގެ އަތް ޒަހަމްވެގެން
ލިޔުން:
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކުރި ށ. މިލަންދޫ، އާދަމް އަތުހަރު، (32އ) އަށް ލިބެން އޮތް ބޮޑު އަނިޔާއަކުން ސަލާމަތްކުރީ ސީނަށް އެޓެންޑުވި ފުުލުސް އޮފިސަރަކު ޒަހަމްވެގެން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި ހެނދުނު ބޭއްވި ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ރަހީނުކުރި އަންހެން މީހާއާ އެ ސަރަހައްދަށް އެއްވެފައި ތިބި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި އެތަނުން އެއް އޮފިސަރަކަށް އަތުހަރު އަތުގައި އޮތް ވަޅިން ޒަހަމްތަކެއް ލިބުނު ކަމަށެވެ.
ފުލުހުންނަކީ މަސައްކަތުގެ މާހައުލުގެ ގޮތުން "ރިސްކު" އޮތް ބައެއް ކަމަށާއި އެކަން ފުލުހުންނާއި ފުލުހުންގެ އާއިލާތައް ގަބޫލުކުރާ ކަމަށް ސީޕީ ވިދާޅުވި އެވެ.
އަދި ކޮންމެ ދުވަހަކު, ކޮންމެ ފުލުހަކު ވެސް ބަލަނީ އެ މީހުންގެ ފަރާތުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށް ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ މި މަސައްކަތުގެ ތެރޭގައި ފުލުހުންނަށް ތައުރީފާއި ފުލުހުންނަށް ފާޑުކިޔުން އެއީ މި މަސައްކަތުގެ ބައެއްކަން ގަބޫލުކުރައްވާ ކަމަށެވެ.
ސޯޝަލް މިޑީއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރަހީނުކުރި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލަށް އަރުވައިގެން އަތުހަރު ފިލަން މަސައްކަތް ކުރެ އެވެ.
އެ ސަރަހައްދަށް ފުލުހުން ދިޔުމުން އެ އަންހެން މީހާ ސަލާމަތްކުރަން އުޅެފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިނެވެ. އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރީ ފުރާނާ ސަލާމަތްކުރުމުގެ ބާރު ބޭނުންކޮށްގެންނެވެ.
އަތުހަރު ބޮލުގައި މުގުރުން ޖެހި ވަގުތު އަންހެން މީހާއަށްވެސް އަނިޔާވި އެވެ. އެ އަންހެން މީހާ އަކީ ފުލުހެއްކަމަށްވެ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އެ އަންހެން މީހާ ވަނީ މިހާރު ދޫކޮށްލާފަ އެވެ. އަތުހަރަށްވެސް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އަތުހަރަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ބާރުގެ ދަށުން 2022 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުދީ ޖަލުން މިނިވަން ކުރި މީހެކެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މީހުންނަކީ އެއްކޮށް ދިރިއުޅޭ ދެ ލޯބިވެރިންނެވެ.
އަންހެން މީހާ ކަރުގައި އަތުހަރު ވަޅި ޖައްސައިގެން އުޅުނީ އެއްވެސް މަސައްކަތެއް ނުކޮށް, ހުރިހާ ހަރަދެއް އަންހެން މީހާ ކުރަން ޖެހޭތީ ކަމަށް ބުނެ ދެ މީހުންގެ ދެމެދު ފެށުނު ޒުވާބެއްގެ ތެރެއިން ކަމަށްވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
