މި އަހަރުގެ ފަތުރުވެރިކަމުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ ފެސިލިޓީސް މެނޭޖްމަންޓްއެންޑް ޔުޓިލިޓީސް ޑިވިޜަން އިން ޚާއްސަ އިވެންޓެއް ބާއްވައިފިއެެވެ.
“ވިންޓަރ ޕްރެޕް ކިކްއޮފް 2024“ ގެ ނަމުގައި ބޭއްވި މިއިވެންޓްގެ މަގްސަދެެއްކަމަށް އެމްއޭސީއެލް މީޑިއާތަކަށް މައުލޫމާތު ދީފައި ވަނީ ކުރިއަށް އޮތްސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަން މެނޭޖްމެންޓާއި ހިއްސާކޮށް ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިންމަސައްކަތްތައް ރާވައި އިންތިޒާމު ކުރުމެވެ.
އެމްއޭސީއެލް ބުނެފައި ވަނީ، އެއަޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވަމުން ދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދެނީ، ފުރާ ފަސިންޖަރުންނާއިއެއާލައިންތަކަށް ފަސޭހަ އަދި ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ފަދަ މާހައުލެއް ގާއިމު ކުރުމަށް ކަމަށެވެ. އެގޮތުން މިހާރު ބޭނުން ކުރާ ޓާމިނަލް ސަރަހައްދުތަނަވަސްކޮށް، ކާރުބާރު ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ އިތުރުން މުޅި ފެސިލިޓީގައި ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމާއިއެކު ޓާމިނަލްރީތިކުރުމަށް ފެސިލިޓީސް މެނޭޖްމެންޓުން ވަނީ މަސައްކަތް ފަށާފައެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވީ އެފްއެމްޔޫޑީގެ އިވެންޓްއަކީ ރޭވިފައިވާ މަސައްކަތުގެ ފެށުމެއް ކަމަށެވެ. އަދި ކުންފުނީގެ އެތެރޭގައި ކުރެވޭ މަސައްކަތްތައް މުވައްޒަފުންގެ މެދުގައި މަޝްވަރާ ކުރެވިގެން ކުރިއަށް ގެންދިޔުމަކީ ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ.
އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމާޒުތަކަށް ވާސިލުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެއަޕޯޓުން ފޯރުކޮށްދޭހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެކަމުގެ ޔަގީންކަން ޝަރީފް ވަނީ ދެއްވާފަ އެވެ.







