މާލެ: 31°C

ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މީހާ ހޯދަން ފުލުހުންވެސް މަސައްކަތް ފަށައިފި

ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މީހާ ހޯދަން ފުލުހުންވެސް މަސައްކަތް ފަށައިފި
September 1, 2024
2 ފަހަރު ބަލާފައި
ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މީހާ ހޯދަން ފުލުހުންވެސް މަސައްކަތް ފަށައިފި

މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް އިއްޔެ ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު (43އ) ހޯދަން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި ނަމަވެސް އޭނާ ގެއްލުނީމޫދަށްކަން ކަށަވަރު ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ ތަސްލީމު ހޯދުމުގެ މަސައްކަތުން މިހާތަނަށް އެ ފިނޮޅު ވަށައިގެން5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން ބަލާފައިވާ ކަމަށެވެ. އަދި 3000 އަކަ ފޫޓު ކަނޑުއަޑިންޑައިވްކޮށްގެން ބަލާފައިވާ ކަމަށްވެސް ސިފައިން ބުންޏެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ މީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އޭނާ ހޯދުމުގެއޮޕަރޭޝަން ލީޑްކުރައްވަނީ ދިވެހި ފުލުހުންގެ ހިދުމަތުން - އެމްއެންޑީއެފް މީޑިއާ އޮފިޝަލް

ފުލުހުން "އެކްސް'' ގައި ކުރި ޕޯސްޓެއްގައި ބުނީ ތަސްލީމު އެންމެ ފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާ އެކު ދަތުރުދިޔަ މީހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި އޮގަސްޓު 29 އަދި 30 (ބުރާސްފަތި/ ހުކުރު) ދުވަހު އެފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައި ވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު(9794639) އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އެދިފަ އެވެ.

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނިކޮށް ގެއްލިގެން ހޯދަމުންދާ މާލެ،މ.އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) އަކީ  ކައުންސިލް ގެ  މުވައްޒަފެއް.1/2

މާލެ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދާ ތަސްލީމު އަކީ އެ ކައުންސިލުގެ މުވައްޒަފެއްކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ