
ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރުންނަށް ހަމަލާދީފި
ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރުންނަށް ހަމަލާދީފި
ލިޔުން:
ބަންގްލަދޭޝްގެ ޗިޓަގޮންގް މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި ދިވެހި އަންހެން ދެ ޑޮކްޓަރަކަށް ހަމަލާދީފި އެވެ.
އެކަހަލަ ކަމެއްވެގެން އުޅޭ ވާހަކަ ފެންމަތިކުރީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ އަންހެން ޑޮކްޓަރެކެވެ.
ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނީ ދެ ޑޮކްޓަރުންނަށް ހަމަލާދީފައިވަނީ އެ ހޮސްޕިޓަލަށް ފަރުވާހޯދަން ދިޔަ ޕޭޝަންޓެއްގެ އާއިލާ މީހެއް ކަމަށެވެ.
އަދި އެ މައްސަލަ ހިންދާލަން އެތަނުގައި އެވަގުތު ތިބި ސީނިއާ ޑޮކްޓަރުން މަސައްކަތް ކުރި ކަމަށާއި, ނަމަވެސް ކޮލެޖްގެ ޑިރެކްޓަރާ ހަމަޔަށް މައްސަލަ ގެންގޮސްފައިވާ ކަމަށެވެ.
އެ މައްސަލަ ހޫނުވުމުން, އެތަނުގައި ތިބި އެހެން ޑޮކްޓަރުން ވަނީ ދިވެހި ޑޮކްޓަރުން ސްޓޯރޫމަށް ގެންގޮސްފަ އެވެ. އެތަނުގައި އެ ދެ ޑޮކްޓަރުން ދެ ގަޑިއިރު ތިބި ކަމަށާއި, އެ މީހުން ގެޔަށް ގެންދިޔައީ އިތުރު ދިވެހި އިންޓާން ޑޮކްޓަރުންތަކެއްގެ އެހީގައިކަން އެނގިފައި ވެއެވެ.
ރާއްޖޭގެ ބައެއް މީޑިއާއަތަކުން ރިިޕޯޓްކޮށްފައިވާ ގޮތުގައި ދިވެހި ޑޮކްޓަރުން ގައިގައި ޖަހާ މާރާމާރީ ހިންގާފައިވަނީ ހާޓް އެޓޭކެއް ޖެހުނު މީހަކަށް ނުބައި އިންޖެކްޝަނެއް ދީގެން މަރާލި ކަމަށް ބުނެ އެވެ. ނަމަވެސް އެ ޑޮކްޓަރުންގެ ޑިއުޓީ ފެށުނު ފަހުން އެއްވެސް އިންޖެކްޝަނެއް ޖަހާފައިނުވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އެނގިފައިވާ ގޮތުން ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
