ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން އާސަންދަ މެދުކެނޑިއްޖެ

ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން އާސަންދަ މެދުކެނޑިއްޖެ
ލިޔުން:
ބޭސްފަރުވާ އަށް ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ އިންޑިއާގެ ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ ދިނުން މެދުކަނޑާލައިފި އެވެ.
އާސަންދަ ދިނުން މެދުކަނޑާލި ދެ ހޮސްޕިޓަލަކީ އަސްޓަ ސީއެމްއައި ހޮސްޕިޓަލާއި ސައިޓް ކެއާ ހޮސްޕިޓަލް ޕްރައިވެޓް އެވެ.
އާސަންދައިގެ ޢޮފިޝަލަކު ވިދާޅުވީ އެ ދެ ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލީ ފައިސާ ފަހުން ދޭ ގޮތަށް، ހިދުމަތް ނުދޭތީވެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަސްޓަ ސީއެމްއައިއަ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގުތައް ބޮޑެވެ. ސައިޓް ކެއާ ހޮސްޕިޓަލަކީ ވަރަށް ފަހުން އާސަންދަ ދޫކުރަން ފެށި ހޮސްޕިޓަލެކެވެ.
އޭނާ ވިދާޅުވީ އެ ދެ ހޮސްޕިޓަލުންވެސް އާސަންދައިގެ އަގުތަކަށް ބަލާ ރަނގަޅު އަގުތަކެއް ހަމަޖެހުމުން އަލުން އާސަންދަ ދޫކުރަން ފަށާނެ ކަމަށެވެ.
ޖެނުއަރީ 2022 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާސަންދައިން އެސްޓަ ސީއެމްއައި ހޮސްޕިޓަލަށް 7,780,674ރ ހަރަދުކޮށްފައިވެ އެވެ. އަދި އެ މުއްދަތުގައި ސައިޓް ކެއާ ހޮސްޕިޓަލަށް އާސަންދައިން ހަރަދުކޮށްފައިވަނީ 3,642,978ރ އެވެ.
އެ ދެ ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލާފައިވާއިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދުމަށް ގޮސް އުޅޭ މަނިޕާލް ހޮސްޕިޓަލުން ވެސް އާސަންދަ ދިނުން ވަނީ މެދުކަނޑާލާފަ އެވެ.
އެކަމާ ގުޅިގެން އެންސްޕާއިން ބުނީ މަނިޕާލް ހޮސްޕިޓަލުން ހިދުމަތް ފޯރުކޮށްދޭ އަގުތައް ބޮޑުވުން ކަމަށާއި ހިދުމަތްތަކުގެ އަގު ހެޔޮކުރަން ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
