މާލެ: 31°C

ބީއެމްއެލަށް ޑޮލަރު ލިބުން ދަތިވުމަކީ ފިނޭންސުން ޒިންމާވާން ޖެހޭނެ ކަމެއް: ޔާމިން

ބީއެމްއެލަށް ޑޮލަރު ލިބުން ދަތިވުމަކީ ފިނޭންސުން ޒިންމާވާން ޖެހޭނެ ކަމެއް: ޔާމިން
August 31, 2024
2 ފަހަރު ބަލާފައި
ބީއެމްއެލަށް ޑޮލަރު ލިބުން ދަތިވުމަކީ ފިނޭންސުން ޒިންމާވާން ޖެހޭނެ ކަމެއް: ޔާމިން

ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ ދިމާވި ކަންތައްތަކުގައި ފިނޭންސް މިނިސްޓްރީން ޒިންމާވާން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވިދާޅުވެއްޖެއެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ބީއެމްއެލްގައި ޑޮލަރު ނެތްކަން ފިނޭންސް މިނިސްޓަރަށް އެނގެންވާނެކަމަށާއި ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ހިއްސާދާރެއްގެ ގޮތުން ތަމްސީލްކުރަނީ ފިނޭންސް މިނިސްޓްރީ ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންނާ ގުޅުން ހުރި މުހިއްމު ކަމަކަށް ވުމުން އެކަން ފިނޭންސް މިނިސްޓަރު ގާތުން ބައްލަވަން ޖެހޭނެ އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކުރިމަތީ ބީއެމްއެލްގެ އިތުބާރު ގެއްލި އަގު ވެއްޓެން ބޭނުން ނުވާ ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި ދިވެހި ރުފިޔާގެ އެކައުންޓުން ޑޮލަރު ދިނުމަކީ ބޭންކަށް ލާޒިމު ކަމެއް ނޫން ކަމަށެވެ. އެކަމަކު އެއީ ބީއެމްއެލް އިން ކުރާ ވަރަށްރަނގަޅު ކަމެއް ކަމަށް ވިދާޅުވި އެވެ.

ޔާމީން އެހެން ވިދާޅުވީ ބީއެމްއެލްގެ ރުފިޔާ ކާޑުން ޑޮލަރު ނުކެނޑޭ ގޮތަށް މިދިއަ އާދިއްތަ ދުވަހު ހެނދުނު ނިންމި ނިންމުމާ ދިމާކޮށް، އެއީ ސަރުކާރާ ދެކޮޅަށްބޭންކުން ކުރި ބަގާވާތެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބުނެ، ފުލުހުން ފަށާފައިވާ ތަހުގީގަށް އިޝާރަތްކުރައްވަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ