މާލެ: 31°C

ވަރަށް ބާރުގަދަ ތޫފާނެއް ކަރާޗީއާ ދިމާލަށް މިސްރާބު ޖަހައިފި

ވަރަށް ބާރުގަދަ ތޫފާނެއް ކަރާޗީއާ ދިމާލަށް މިސްރާބު ޖަހައިފި
August 31, 2024
2 ފަހަރު ބަލާފައި
ވަރަށް ބާރުގަދަ ތޫފާނެއް ކަރާޗީއާ ދިމާލަށް މިސްރާބު ޖަހައިފި
ބާރުގަދަ ތޫފާނެއް ޕާކިސްތާނުގެ ކަރާޗީއާ ދިމާލަށް މިސްރާބު ޖެހުމުން އެ ރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. ގާތްގަނޑަކަށް 20 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ކަރާޗީއަކީ ޕާކިސްތާނުގެ އެންމެ ބޮޑު ރަށެވެ. މޫސުމާ ބެހޭ އިދާރާތަކުން ބުނެފައި ގޮތުގައި ކަރާޗީއަށް އަރާނެ ކަމަށް ބެލެވޭ ތޫފާން އުފެދިފައި ވަނީ ޢަރަބި ކަނޑުގެ ސަރަޙައްދުގައެވެ. އެ ސަރަޙައްދުގައި ބާރުގަދަ ތޫފާނެއް އެންމެ ފަހުން އުފެދުނީ 1964 ވަނަ އަހަރުގެ ތެރޭގައެވެ. ޢާންމުކޮށް އޮގަސްޓް މަހުގެ ތެރޭގައި އެ ސަރަޙައްދުގައި ބާރުގަދަ ތޫފާނެއް އުފެދުމަކީ ނާދިރު ކަމެއް ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. ކަރާޗީއަށް ތޫފާން އެރުމުގެ ކުރިން އެ ރަށަށް 147 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އެ ސަރަޙައްދުގެ ރަށްތަކަށް ފާއިތުވި ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 28 މީހުން މަރުވެ 18،000 މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލު ކުރަން ޖެހުނެވެ. ކަރާޗީގެ ރަސްމީ އިދާރާތަކުން ވަނީ ބޭނުމެއް ނެތި ބޭރަށް ނުދިއުމަށް އެ ރަށުގައި ދިރިއުޅޭ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑު ދަތުރު ނުކުރުމަށާއި މަހަށް ނުފުރުމަށް ވެސް ކަރާޗީގެ ރަސްމީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ބެލެވޭ ގޮތުގައި ކަރާޗީއަށް ތޫފާން އެރުމުން ވަރަށް ބޮޑަށް އެ ރަށުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ޙާދިޘާތައް ހިނގާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ