
އަދީބުއާ ހާއްސަ ގުޅުމެއް ނޯވޭ، ވަކިން ބައްދަލެއް ނުކުރަން: ރައީސް
އަދީބުއާ ހާއްސަ ގުޅުމެއް ނޯވޭ، ވަކިން ބައްދަލެއް ނުކުރަން: ރައީސް
ލިޔުން:
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް އިއްވައި މިހާރު މިނިވަންވެވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ގާތް ގުޅުމެއް އޮތްކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ތަފްސީލުކޮށްދެއްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދީބު އެންމެ ފުރަތަމަ ހުންނެވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރުގެ ގޮތުގަ އެވެ. އޭގެ ފަހުން ނައިބު ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި އެވެ. މާ ގިނަ ދުވަހެއް ނުވެ ރައީސް ޔާމީނާއި ސަރުކާރުގެ ބައެއް އިސް ވެރިން ތިއްބަވަނިކޮށް ރަސްމީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވައިލި ހާދިސާގެ ތުހުމަތު ކުރެވި އަދީބު ހައްޔަރު ކުރި އެވެ. އެއާއެކު ސަރުކާރު ތެރޭގައި ހުންނަވައިގެން ރައީސްގެ މަގާމަށް ވަޑައިގަންނަވަން އަދީބު މަސައްކަތް ކުރެއްވިކަމުގެ ވާހަކަތަކެއް ދެކެވުނެވެ.
ދާދި ފަހުން ފްރަންޓް އޮފީސް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އަދީބަށް ޖާސޫސުކޮށްދެއްވުމުގައި ރައީސް މުއިއްޒު ހަރަކާތްތެރިވެޑައިގެންނެވި ކަމަށެވެ. އަދި އަދީބާއި ރައީސް މުއިއްޒުއާއި ގާތް ގުޅުމެއް އޮންނަ ކަމަށާއި އަދީބު ސިންގަޕޫރުގައި ހުންނަވަނިކޮށް ރައީސް މުއިއްޒު ވަޑައިގެން ބައްދަލު ކުރެއްވި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ސަންގު ޓީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި މިވާހަކަތަކުގެ ތަފްސީލު ރައީސް މުއިއްޒު ދެއްވި އެވެ. ވިދާޅުވީ އެމަނިކުފާނާއި އަދީބު ބައްދަލުވީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ކަމަށެވެ. އޭރު އަދީބު ހުންނެވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރަކަށެވެ. އަދި ރައީސް މުއިއްޒު ހުންނެވީ ގެދޮރުވެރިކަމާއި ބެހޭ ވަޒީރަކަށެވެ.
ރައީސް ވިދާޅުވީ އަދީބު ނައިބު ރައީސްކަމުގައި ހުންނެވި އިރުވެސް ވަކިން ބައްދަލުވުމެއް ބާއްވައި މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ. އަދި އަދީބު ގުޅުއްވައި ބައްދަލުކުރައްވަން ބޭނުންވާ ވާހަކަވެސް ދުވަހަކު ދަންނަވާފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ. ވަކިން ގުޅުއްވައި ކަމެއް ހަވާލުކޮށްފައިވެސް ނުވާކަމަށް ވިދާޅުވި އެވެ.
ފިނިފެންމާ ލޯންޗު ހާދިސާއަށްފަހު އަދީބުއާއި ވަކިން ބައްދަލު ކުރައްވާފައި ނުވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެހެންނަމަވެސް ކޮންމެވެސް މީހެއްގެ ޖަނާޒާއަށް އާސަހަރާއަށް ވަޑައިގެންނެވި ދުވަހު އަދީބު ދެކެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ. ބޮން ގޮއްވުމުގެ ހާދިސާއަށްފަހު ހަމަލޮލުން ދެކެވަޑައިގެންނެވި ހަަމައެކަނި ދުވަހަކީ އެއީ ކަމަށް އެމަނިކުފާނު ވިދާޅުވެދެއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
