މާލެ: 31°C

އަންހެނަކު ރަހީނުކުރި ހާދިސާ: ދެމީހަކަށް އަނިޔާވެ ފަރުވާދެނީ

އަންހެނަކު ރަހީނުކުރި ހާދިސާ: ދެމީހަކަށް އަނިޔާވެ ފަރުވާދެނީ
August 30, 2024
2 ފަހަރު ބަލާފައި
އަންހެނަކު ރަހީނުކުރި ހާދިސާ: ދެމީހަކަށް އަނިޔާވެ ފަރުވާދެނީ
މިރޭގެ ވަގުތެއްގައި މާލެއިން އަންހެނަކު ރަހީނުކޮށް ބިރުދައްކާ ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ފުލުހުން އެ އަންހެން މިހާ ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ބަރުގެ ބޭނުންކުރުމުން ފިރިހެން މީހާއަށާ އަންހެން މީހާއަށް ވެސް އަނިޔާވެ ފަރުވާދެމުން ގެންދާ ހާމަވެއްޖެއެވެ. ޜޭ ގަޑިން 9:30 އެހާކަން ހާއިރު ހިނގި މިހާދިސާގެ އަދާހަމަ ދެމުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މާލޭގައި މިރޭ އަންހެނަކު ރަހީނުކުރި މައްސަލާގައި ހިމެނޭ ދެ މީހުންނަށް ވެސް އަނިޔާވި ކަމަށެވެ. ފުލުހުން ބުނީ މާފަންނު ގެއެއްގައި ރަހީނުކޮށްފައި ހުރި އަންހެން މީހާއަށް އެ ގޭގެ ތެރޭގައި އަނިޔާ ކޮށްފައިވާ ކަމަށާއި އޭނާ ސަލާމަތް ކުރަން އުޅުމުން އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރު ދެމުން ދިޔަ ކަމަށެވެ. އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނެރެ އޭނާ ސައިކަލަށް އަރުވައިގެން ފިލަން މަސައްކަތް ކުރިއެވެ. ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އަންހެން މީހާ ސައިކަލުގެ ކުރީގައި ބައިންދައިގެން، އެ މީހާ ފުލުހުންނާ ވާހަކަތަކެއް ދައްކާ މަންޒަރު ފެނެއެވެ. ނަމަވެސް ދެއްކި ވާހަކައެއް ވީޑިއޯއިން ސާފުނުވެއެވެ. އޭގެ އިރުކޮޅެއް ފަހުން، އެ މީހާ ވަނީ ރަހީނުކޮށްފައިވާ އަންހެން މީހާ ގޮވައިގެން ސައިކަލުގައި އެހެން ދިމާއަށް މިސްރާބު ޖަހަން މސައްކަތްކޮށްފައެވެ. އޭނާ ސައިކަލުގައި ދާން ފެށުމާ އެކު، ފުލުހުންތަކެއް ސައިކަލުގެ ފަހަތުން ދުވެފައިދާ މަންޒަރު ފެނެއެވެ. އޭގެފަހުން އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ، މަގުގައި ގިނަ އަދަދެއްގެ އާންމުން އެއްވެފައި ތިބުމުގެ ސަބަބުން، ސައިކަލުގައި އެ މީހާއަށް ކުރިއަށް ނުދެވި ސައިކަލް މަގުގެ ވަކި ހިސާބެއްގައި މަޑު ޖައްސުވައިގެން އިން އިރުވެސް އެ މީހާ އިނީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ. އެ ވަގުތުގައި، ސައިކަލުތަކެއްގައި އޭނާގެ ފަހަތުން އައި ފުލުހަކު ވަނީ އޭނާގެ ބޮލުގައި މުގުރަކުން ޖަހައި ސައިކަލާ އެކު އޭނާ ބިންމައްޗަށް ވައްޓާލައިފައެވެ. އަދި އެ ވަގުތު ވަށައިގެން ތިބި ފުލުހުންނާއި އާންމުން ވެސް އަރައިގަނެ އަންހެން މީހާ އެތަނުން ސަލާމަތް ކުރިކޮށްފައިވެއެވެ ފުލުހުން ބުނީ އެކަމުގެ ތެރޭގައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ފިރިހެން މީހާއަށް އަނިޔާވެ އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އަންހެން މީހާ އަށް ވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަންހެން މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ސަލާމަތް ކުރަން ކުރި މަސައްކަތުގެ ތެރޭގައި އަންހެން މީހާގެ ކަރުގައި ވަޅި އެޅިފައި ނުވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށްޓަކައި ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ