މާލެ: 31°C

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
August 29, 2024
2 ފަހަރު ބަލާފައި
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި

ލޭނު މަސްވެރިކަމަށް ހުޅުވައިލަން ސަރުކާރުން ނިންމި ނިންމުމަށް އަމަލު ނުކުރަން ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

 ރައީސް އޮފީހުން ބުނީ ލޭނު މަސްވެރިކަމަށް ހުޅުވާލަން 13 ޖޫންގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަށް އަމަލު ނުކުރައްވަން ރައީސް ނިންމެވީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ރައީސްއަށް ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ބެއްވެލުމަށް ފަހު ކަމަށެވެ. 
ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސް މިއަދު ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އާއި ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާ ވެސް ރައީސް ވަރަށް އަވަހަށް ބައްދަލުކުރައްވާނެ އެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ